ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީސީސީ ބަސް ޑްރައިވަރުން ތާޒާކުރުމުގެ ޕްރޮގްރާމް ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން،ން، ބަސް ޑްރައިވަރުންގެ ހުނަރު އިތުރުކޮށް، މަޢުލޫމާތު އާކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، މި ޕްރޮގްރާމަކީ ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ، ބަސް ދުއްވުމުގައި ރައްކާތެރިކަމަށް ސަމާލުވާންޖެހޭ ކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދީ، ޑްރައިވަރުންގެ ހުނަރު އާކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމުގައި އަލިއަޅުވާލާ މައިގަނޑު ބައިތަކުގެ ތެރޭގައި:
– ރައްކާތެރިކަމާއެކު ބަސް ދުއްވުމުގެ އުކުޅުތައް
– ޚިދުމަތް ދިނުމުގައި އަމިއްލަ އަދި އެހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން
– ދަތުރަށް ނުކުތުމުގެ ކުރިން ތައްޔާރުވާންޖެހޭ ގޮތްތައް
– ދަތުރުކުރުމުގައި މަގަށް ސަމާލުކަން ދިނުމުގެ މުހިންމުކަން
– އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ގަވާއިދުތަކާ ގުޅޭ މަޢުލޫމާތު ހިމެނެއެވެ.

މި ޕްރޮގްރާމަކީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެމްޓީސީސީ ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ފަދަ ތަމްރީނު ޕްރޮގްރާމްތަކަކީ އާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 28 at 20.22.59

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ