ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ނިޔާވެއްޖެ

L 2025 03 25 112806 79vzqjxu5kh6wgrnycsftoibp31d8l2m4ea en
އއ. ރަސްދޫ — ފޮޓޯ: އައްޔުމަން ޝަރީފް

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ، އިންޑިއާގައި ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

ރަސްދޫގައި ފިހުނު އަލީ ސާމިން ނިޔާވެފައިވަނީ އިންޑިއާގައި ފަރުވާދެމުންދަނިކޮށް، މިރޭގެ ވަގުތެއްގައެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް ސާމިން އިންޑިއާއަށް ގެންގޮސްފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. އޭރު ވެސް އޭނާގެ ހާލު ސީރިއަސްއެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ 11:15 ހާއިރު ރަސްދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހިފައިވަނީ ކުރިން ކައިވެނީގެ ގޮތުން ގުޅިގެން އުޅުނު ދެ މީހަކަށެވެ.

އެ އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ އަންހެން މީހާއަށެވެ. އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ ނިޔާވެފައެވެ.

ފިރިހެން މީހާއަށް ވެސް ފުރަތަމަ ފަރުވާދެމުންދިޔައީ ވެންޓިލޭޓަރުގައެވެ. ނަމަވެސް ފަހުން ވެންޓިލޭޓަރުން ނަގައި އައިސީޔޫގައި ފަރުވާދޭން ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ގުދަނުގައި ރޭ އަލިފާން ރޯވި މައްސަލައިގެ ޚާއްސަ ތަހުގީގެއް ފަށައިފި

WhatsApp Image 2026 03 18 at 11.18.02

ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަނީ

Oo

ހުޅުމާލޭގެ ގެއެއްގައި ރޯވެ ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި