ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަރުހުންގެ ދުވަސް ފާހަގަކުރުމާ ބެހޭގޮތުން ހެލްތު މިނިސްޓަރު މަޝްވަރާކުރައްވައިފި

09877

މި އަހަރުގެ ނަރުހުންގެ ދުވަސް ފާހަގަކުރުމާ ގުޅޭގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ގެ، ސްކޫލް އޮފް ނާސިން ގެ އިސްވެރިންނާ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މަޝްވަރާކުރައްވައިފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ މިއަހަރުގެ ނަރުހުންގެ ދުވަސް ފާހަގަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މަޝްވަރާކުރެވުނު ކަންތައް ތަކުގެ ތެރޭގައި ނަރުހުން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަން ކުރުމާއި، ނަރުހުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

މީގެ އިތުރުން ނަރުހުންނަށް ދެވޭ ތަމްރީން އިތުރުކުރުމާއި، އިތުރު ތަމްރީން ފުރުޞަތު ހޯދުމުގެ އިތުރުން މިިނިސްޓްރީ އާއި ގުޅިގެން މަސައްކަތް ކުރުުމަށް ވަނީ މަޝަވަރާކޮށްފައެވެ.މި ބައްދަލުވުމުގައި ސްކޫލް އޮފް ނާސިންގެ ޑީން އާސިޔާ އިބްރާހީމް ގެ އިތުރުން މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވަޑައިގެންނެވިއެވެ.

ނަރުހުންނަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި އެކަންކަން ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އާބާދީ މަދު ރަށްރަށުގެ ސިއްހީ ޚިދުމަތް ވެސް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން: ނާޒިމް

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ: ނާޒިމް

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް