ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެދު ރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް މިއަދު މޫސުން ގޯސް

މޫސުމާބެހޭ ޤައުމީ އިދާރާއިން ދެއްވާފައިވާ މަޢުލޫމާތުގެ އަލީގައި، މެދު ރާއްޖެތެރޭގެ ފުޅާ ސަރަހައްދެއްގައި މިއަދު މޫސުން ގޯސްވުމުގެ ފުރުޞަތު އޮތްކަމަށް ފާހަގަކުރެވެއެވެ.

އިދާރާގެ ނިންމުމުގައިވާ ގޮތުން، މެދު ރާއްޖެތެރޭގެ ގިނަ ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވިއްސާރަވެރި މޫސުމެއް ތަޖުރިބާކުރެވޭނެއެވެ. މީގެ އިތުރުން، ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުމުގެ ފުރުޞަތު އޮތްކަމަށްވެސް އިދާރާއިން ފާހަގަކުރައްވާފައިވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ މިންވަރަކަށް ވާރޭވެހިފައިވަނީ ކ. ގާފަރަށް ކަމަށްވާއިރު، އެ ރަށަށް 23.3 މިލިމީޓަރުގެ ވާރޭވެހިފައިވާކަން ފާހަގަކުރެވެއެވެ.

ވައިގެ ދުވެލި އަދި ދިމާއާ ގުޅޭގޮތުން އިދާރާއިން ހާމަކުރައްވާފައިވަނީ:
– ދެކުނުގެ އަތޮޅުތަކަށް: ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި
– އެހެނިހެން ސަރަހައްދުތަކަށް: ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

ކަނޑުގެ ޙޙާލަތާ ގުޅޭގޮތުން:
– ދެކުނުގެ ކަނޑުތައް: އާދައިގެ މިންވަރަކަށް މަޑުޖެހޭނެކަމަށް
– އެހެނިހެން ސަރަހައްދުތަކުގެ ކަނޑުތައް: އާދައިގެ މިންވަރަކަށް ގަދަވާނެކަމަށް ލަފާކުރެވެއެވެ.

ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށް އިދާރާއިން ލަފާކުރައްވައެވެ.

މޫސުމުގެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި، އެންމެހައި ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

male city

ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް، 48 ޑިގްރީ ސެލްސިއެސް