ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެެރިކާއިން ޔަމަންގެ ޞަންޢާއަށް ބޮންއަޅައި ހަމީހުން ޝަހީދުކޮށްލައިފި

އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނުގެ ޞަންޢާ ޕްރޮވިންސްއަށް ދިން ވައިގެ ހަމަލާއެއްގައި 6 މީހުން މަރުވެ، 60 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. މި ހަމަލާތައް ދީފައިވަނީ ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތާ ދެކޮޅަށް ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށެވެ.

ޔަމަނުގެ އަލް-މަސީރާ ޓީވީން ރިޕޯޓްކުރި ގޮތުގައި، ޞަންޢާގެ އިތުރުން އަލް-ޖަވްފު ގަވަރުނަރޭޓުގެ އަލް-ޝަޢަފު އަވަށުގެ އަލް-ޔަތަމަތަށް ވެސް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ހަމަލާ ދީފައިވެއެވެ. މާރިޗު 15 އިން ފެށިގެން އެމެރިކާގެ އަސްކަރިއްޔާއިން ދަނީ ޔަމަނުގެ އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށް މިފަދަ ހަމަލާތައް ދެމުންނެވެ.

ޙޫޘީ ޖަމާޢަތުން ބުނާ ގޮތުގައި، އެމެރިކާގެ އަސްކަރީ ހަރަކާތްތައް ހުއްޓުވުމަށް އެ ޖަމާޢަތުން ވެސް މަސައްކަތް ކުރަމުންދެއެވެ. މި ގޮތުން، ޔަމަނުގެ ޙުއްޖާ ގަވަރުނަރޭޓުގެ މަތިން ދަތުރުކުރަމުންދިޔަ އެމެރިކާގެ އެމްކިޔު-9 މަރުކާގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލާފައިވާ ކަމަށް ޙޫޘީން ބުނެފައިވެއެވެ. ނަމަވެސް، މި މަޢުލޫމާތު އެމެރިކާގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޔަމަނުގެ މަަޞްދަރުތަކުން ބުނާ ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާއިން ދެމުންދާ ހަމަލާތަކުގައި ޔަމަނުގެ އާންމުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވެއެވެ. ނަމަވެސް، މަރުވެފައިވާ އަދި ޒަޚަމްވެފައިވާ މީހުންގެ ސައްހަ އަދަދު އެނގެން ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

މަތީފަންތީގެ ހާއްސަ މަޝްވަރާއަކަށް އެމެރިކާގެ ހާއްސަ މަންދޫބަކު ރާއްޖެ ވަޑައިގަންނަވަނީ

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ

އީރާނުގެ ހަމަލާތައް ވަރުގަދަވެ، ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ގެއްލި، ޔޫއޭއީން ވައިގެ ސަރަހައްދު ބަންދުކޮށްފި