ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަސް މިލިއަން ގަސް ޕްރޮގްރާމާ ގުޅޭގޮތުން އެމްޕީއެލްއާ މަޝްވަރާކޮށްފި

282

ފަސްމިލިއަން ގަސް ޕްރޮޖެކްޓްގެ ދަށުން ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ފަސްމިލިއަން ގަސް ޕްރޮޖެކްޓްގެ އިސްވެރިންނާއި އެމްޕީއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުތަކުގައި ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުންނެވެ.

ފަސްމިލިއަން ގަސް ޕްރޮޖެކްޓްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާދެއްވި މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖެފެހިކޮށް، ކާބަން ޑައިއޮކްސައިޑް މަދުކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް މަގުފަހިކުރުމެވެ. މި ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގްރީން ހައުސް ގޭސް އުފެދުން މަދުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ ފަސްމިލިއަން ގަސް އިންދުމަށް ވަނީ ރޭވިފައެވެ.

އެމްޕީއެލްގެ ފަރާތުން ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ އެއްބަސްވެވިފައެވެ. މި ހަރަކާތްތަކުގެ ތާވަލާއި އިތުރު ތަފްސީލް އަންނަ ހަފްތާގެ ތެރޭގައި އާންމުކުރާނެ ކަމަށް ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން މަޢުލޫމާތު ދެއްވާފައިވެއެވެ. މި މަޝްރޫޢުގައި ބައިވެރިވުމަކީ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ތެރެއިން ކުރާ މުހިންމު ކަމެކެވެ.

ފަސްމިލިއަން ގަސް ޕްރޮޖެކްޓްކްޓްގެ ދަށުން މިހާތަނަށް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވިފައިވާއިރު، މި މަޝްރޫޢަށް ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގެ އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި