ކުއްލި ޚަބަރު

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ސަރުކާރުގެ ޓެކްސީ ލައިން އަންނަ ޖުލައި މަހުގެ ކުރީކޮޅު ފަށަނީ

Big hejhpzlxrrfrpuktw6l1m5m7v
މާލެ ސަރަހައްދުގައި ޓެކްސީތަކެއް — ފޮޓޯ: އަވަސް

ސަރުކާރުގެ ޓެކްސީ ލައިން އަންނަ ޖުލައި މަހުގެ ކުރީކޮޅު ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 12 ގައި ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ ތިމާވެއްޓާ ރަށްޓެހި އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އެމްޓީސީސީން ބޭނުންވާ ސައިޒުގެ ވެހިކަލް ހޯދުމަށް އިލެކްޓްރިކަލް ވެހިކަލް މެނުފެކްޗަރެއް މިހާރު ހޯދާފައިވާ ކަމަށެވެ.

“ވެހިކަލްތައް ޗާޖުކުރުމާއި މެއިންޓެއިން ކުރުމާއި މި ހުރިހާ ކަންތައްތަކަށް އެމްޓީސީސީގެ ސަރަހައްދުގައި ކުރަންޖެހޭ މަސައްކަތްތަކެއް ވެސް ހުންނާނެ، އެ މަސައްކަތްތައް ވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި، ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި މި ހިދުމަތް ތައާރަފުވެގެންދާނެ ކަމަށް،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިން ފެށި ނަމަވެސް، އެކަމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް އެއްވެސް ދެރަގޮތެއް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށާއި އެކަމުގެ ސަބަބުން މާލެ ސަރަހައްދުގައި ދިރިއުޅޭ އެތައް ރައްޔިތުންނަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓެކްސީ ލައިންގެ ހިދުމަތް ފެބްރުއަރީ މަހު ފަށަނީ

މަންދޫ ޒުވާނުންގެ ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފި

ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފި

ގުޅިއަށް 10 ހެކްޓަރުގެ ބޮޑު ބިމެއްް އުފައްދައިފި، ރައްޔިތުން ތިބީ އުފަލުން

TTH_advertisement