ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓެމް އެޑިއުކޭޝަންގެ ދާއިރާތަކުން ބިނާކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތެމެޓިކްސް (ސްޓެމް) ދާއިރާތަކުން ޤައުމަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭންޖެހޭކަމަށް ވިދާޅުވެއްޖެއެވެ. މި ވާހަކަފުޅު ދެއްކެވީ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި އަހަރުތަކުގައި ސްޓެމް ދާއިރާތަކުން ކިޔަވާ ދަރިވަރުންގެ އަދަދު ދަށްވެފައިވެއެވެ. މިކަމުގެ ސަބަބުން، ޤައުމުގެ ތަރައްޤީއަށް މުހިންމު ދާއިރާތަކުގައި ބޭރުގެ ފަންނީ މީހުންގެ އެހީ ހޯދަންޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ޞިއްޙީ ދާއިރާއާއި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިމެނެއެވެ.

މި މައްސަލަ ޙައްލުކުރުމަށްޓަކައި، ސަރުކާރުން ވަނީ އެކި ފިޔަވަޅުތައް އަޅަން ފަށާފައެވެ. މީގެ ތެރޭގައި:

1. ސްޓެމް ދާއިރާތަކަށް ސަރުކާރުގެ ލޯނު ސްކީމްގައި ޚާއްޞަ އިސްކަމެއް ދިނުން.
2. ސްޓެމް ދާއިރާތަކުން ތަޢުލީމު ޙާޞިލުކޮށްފައިވާ ފަރާތްތަކަށް ސަރުކާރު ވަޒީފާތަކުގައި ރަނގަޅު މުސާރައާއެކު އިސްކަން ދިނުން.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި، މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ރަނގަޅު ފުރުޞަތުތައް ހޯދައިދިނުމަކީ މި ސަރުކާރުގެ އިސް އަމާޒެކެވެ. އަދި ޤައުމުގެ ކުރިމަގު ބިނާކުރުމަށްޓަކައި އެކި ދާއިރާތަކުން ގިނަ ޢަދަދެއްގެ ތަޢުލީމީ ޒުވާނުން އުފެއްދުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައިވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ