ކުއްލި ޚަބަރު

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

ޓިކްޓޮކް ސަމާއަށް އަނިޔާކުރުމަށްފަހު އޭނާގެ ފިރިމީހާ ފިލައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދާއި ޖަމީލް އައްޔަންކުރުގެ ރަސްމިއްޔާތު މާދަމާ ބާއްވަނީ

އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު 4 ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އެމްޓީސީސީ އާ ހަވާލުކޮށްފި

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރެވޭނެއެވެ.

މި މަޝްރޫޢުގެ އަގަކީ 144.5 މިލިއަން ރުފިޔާ ކަމަށްވާއިރު، 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މަޝްރޫޢުގެ ދަށުން މަގު ފުޅާކުރުމުގެ އިތުރުން، ކީވޯލް ބޭރަށް ޖެއްސުމާއި، ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމާއި، ރޯޑް މާކިންގ އަދި ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

މި މަޝްރޫޢަކީ މާލޭގެ ނޯތު ހާބަރާ ހަމައަށް ކުރިއަށްގެންދެވޭ މަސައްކަތެއްގެ ފުރަތަމަ ފިޔަވަހި ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށީގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވެއެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ކަމާ ގުޅުންހުރި ފަރާތްތަކާއެކު ރޭވިގެން، އެ ސަރަޙައްދުގެ ޓްރެފިކަށް ފަސޭހަވާނެ ގޮތަށް ކަމަށްވެސް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީ ވަނީ މި މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށްވުރެ ކުރިން ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ފެބްރުއަރީ މަހު އިޢުލާންކުރެއްވި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އިތުރުން، މާލެ އަދި ވިލިމާލޭގެ އެހެނިހެން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާނެ ކަމަށް ވަނީ ހާމަކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

North harbour mpl

މާރުކޭޓު ސަރަހައްދަށް ގާތްކުރާ މަސްދޯނިތަކުން ފީއެއް ނުނަގާނެ: އެމްޕީއެލް

ބޭރުގެ ގުޅުންތައް ރަނގަޅުވުމުން ފައިދާ ކުރާނީ ރައްޔިތުންނަށް: މަތީން

Snapedit 1754141248866

ޓިކްޓޮކް ސަމާއަށް އަނިޔާކުރުމަށްފަހު އޭނާގެ ފިރިމީހާ ފިލައިފި

ELL Mobile Advertisement TTH_advertisement