ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް

moosun

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް މޫސުން ގޯސްވުމުގެ އިންޒާރު ދެވިފައިވެއެވެ. މި މުއްދަތުގައި ޚާއްޞަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަވެ، ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ.

މޫސުމުގެ ނާޒުކު ޙާލަތާ ގުޅިގެން:
• ފުވައްމުލަކު ސިޓީއިން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލުކަމުގެ ނިޝާން ދެވިފައިވަނީ މިއަދު ހެނދުނު 05:30 އިން 10:30 އަށެވެ.
• ކ. އަތޮޅުން ގދ. އަތޮޅާ ހަމައަށް ހުދު ސަމާލުކަމުގެ ނިޝާން ދެވިފައިވަނީ ހެނދުނު 09:45 އިން މެންދުރުފަހު 15:30 އަށެވެ.

ވައިގެ ޙާލަތު:
• އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ.
• ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ވައިޖެހޭނެކަމަށް ބެލެވެއެވެ.
• ވައިގެ ބާރުމިން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައި ހުރުމަށް ލަފާކުރެވޭއިރު، ވިއްސާރައިގެ ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވެދާނެކަމަށް ބެލެވެއެވެ.

ކަނޑުގެ ޙާލަތު:
• ކަނޑުތައް އާންމު މިންވަރަށްވުރެ ގަދަވެފައި، ވިއްސާރައިގެ ވިލާގަނޑުގައި އިތުރަށް ގަދަވުމުގެ ފުރުޞަތު އޮތްކަމަށް ފާހަގަކުރެވެއެވެ.
• ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުރުމަށް ލަފާކުރެވެއެވެ.

އިތުރު މަޢުލޫމާތު:
• މި ވިއްސާރައަކީ ރާއްޖޭގެ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެކެވެ.
• މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވެނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
• ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވެދާނެކަމަށް ލަފާކުރެވޭތީ، އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރެވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ. ކައްދޫއަށް ކަމަށްވާއިރު، އެރަށަށް 159.5 މިލިމީޓަރުގެ ވާރޭވެހިފައިވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

male city

ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް، 48 ޑިގްރީ ސެލްސިއެސް