ކުއްލި ޚަބަރު

ހެލްތް އެކްސްޕޯ ގައި ޓްރީ ޓޮޕް ހޮސްޕިޓަލްއިން ބައިވެރިވެއްޖެ, އަވަހަށް ވަޑައިގަންނަވާ

ކަނޑުމަގުން ޑްރަގް އެތެރެކުރުމުގެ ތުހުމަތުގައި 16 މީހަކު ހައްޔަރުކޮށްފި

މާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ

އާދަޔާ ޚިލާފު ކޮންގްރެސްއެއް ބޭއްވުމަށް އެމްޑީޕީގެ ގައުމީ މަޖިލިސް އެއްވަނީ

އިދިކޮޅު އެންމެ ބޮޑު ޮޑު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އާދަޔާ ޚިލާފު ކޮންގްރެސްއެއް ބޭއްވުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް، އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ބައްދަލުވުމުގައި އާދަޔާ ޚިލާފު ކޮންގްރެސް ބޭއްވުމަށް ތާރީޚެއް ކަނޑައެޅުމަށް ވޯޓަށް އަހާނެ ކަމަށް އެމްޑީޕީން މަޢުލޫމާތު ދީފައިވެއެވެ. މި މައްސަލައާ ގުޅޭގޮތުން އެމްޑީޕީގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާކަން ފާހަގަކުރެވެއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވަނީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓިކް ޕާޓީ (ޑިމޮކްރެޓްސް) ގުޅުން ކަމަށް ވިދާޅުވެފައެވެ. މި ޚިޔާލަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވަނީ ތާއީދުކުރައްވާފައެވެ. އަދި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި ބައެއް ފަރާތްތައް މިހާރު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ފަރާތްތަކަށް އަލުން ގުޅި، އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ 2028 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަމަށް އާދެވޭނީ ޕާޓީ އެއްބައިވަންތަކަމާއެކު އޮވެގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޑީޕީ ސަރުކާރުގައި ބަދަލުގެ ގޮތުގައި 800 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދީފައިވޭ: އުޝާމް

Mal

ޝިމަންގެ ވާހަކަތައް ފުލުހުން ދޮގުކޮށްފި

Mal

އެމްޑީޕީގެ އެކްޓިވިސްޓް ޝިމަންގެ ފޯނު ހިފަހައްޓައިފި

Mal

އެމްޑީޕީން ރޭ ހިންގީ ނިރުބަވެރި ހަރަކާތެއް: ނައިބު ރައީސް

TTH_advertisement