ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ސިނގިރޭޓް ބޭރުކުރި މައްސަލާގައި ފުލުހުންގެ އިސް އޮފިސަރުންތަކަށް ވެސް ތުހުމަތު ކުރެވޭ!

8uuuu

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ސިނގިރޭޓު ކާޓޫންތަކެއް ނެރުނު މައްސަލައިގައި ފުލުހުންގެ އިސް އޮފިސަރުންތަކަކަށް ވެސް ތުހުމަތުކުރެވޭތީ އެ މައްސަލަ ބަލަން ފަށައިފިއެވެ.

ހޯމް މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާއަތު ވިދާޅުވީ  އެ މައްސަލައިގައި ފުލުހުންގެ އިސް އޮފިސަރުންތަކަކަށް ތުހުމަތުކުރެވޭތީ އެކަން ބަލަން ފަށާފައިވާ ކަމަށެވެ.

ސިނގިރޭޓު ބޭރުކުރުމުގައި ފުލުހުންގެ ބައެއް އިސް އޮފިސަރުންގެ ބައިވެރިވުންއޮތް ކަމަށް ތުހުމަތު ކުރެވޭއިރު، އެ ބޭފުޅުންގެ އެކައުންޓުތަކުގައި ގިނަ އަދަދަކަށް ފައިސާ ދައުރުކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.

އެ މައްސަލާގައި ހައްޔަރުކުރި ތިން މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ. އެއީ މ. ސިލްވާނެސްޓް އަހުމަދު އަފްސަލާއި ދަފުތަރު ނަންބަރު ރސ. 14358 ޔޫސުފް ނަޒީރެވެ. ނަޒީރަކީ ފުލުހެކެވެ. އަފްސަލަކީ އެއާޕޯޓްގެ މުވައްޒަފެކެވެ.

ދެން ހައްޔަރުކުރީ، ނ. ވެލިދޫ، ގަސްކަރަ މުޙައްމަދު އައިހަމް (23އ) އެވެ. އެނގިފައިވާ ގޮތުގައި އެއީ ސިފައިންގެ މީހެކެވެ. އޭނާ ޑިއުޓީ އަދާކުރަނީ އެއާޕޯޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ބިން ވިއްކާނެކަމަށް ބުނެ ފައިސާނެގި މައްސަލައިގަ އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފި

ޤައުމީ ދިފާއީ ބާރަށް އަލަށް ތައާރަފްކުރި ނިޝާން ރައީސް އިފްތިތާޙްކޮށްދެއްވައިފި

އަސްކަރިއްޔާއަށް ގެންނަ ތަރައްޤީއާމެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭނެ: ރައީސް

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

MTCC Advertisement TTH Advertisement