ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުދު ސަމާލު! މެދު ރާއްޖެތެރެއަށް މޫސުން ގޯސް

މެދުރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރައްވާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ހުދު ސަމާލު މިއަދު ނެރެފިއެވެ.

މި ހުދު ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ.

މި ހުދު ސަމާލުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މީގެ އިތުރުން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:45 ން މެންދުރުފަހު 14:00 އަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)ން ވަނީ މިއަދުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ބޯކޮށް ވިއްސާރަކުރުމުގެ އިންޒާރުވެސް ދީފައެވެ. މެޓުން ބުނެފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއްކަމަށެވެ.

އެހެން ކަމުން ހުރިހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

male city

ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް، 48 ޑިގްރީ ސެލްސިއެސް