ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

ޕޮލިސް ކޮމިޝަނަރގެ މަގާމަށް ނަވީން އައްޔަން ކުރައްވައިފި

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ރަޝީދު އަވަހާރަވެއްޖެ

ޓްރަމްޕްގެ ޓެރިފްތަކަށްފަހު އޭޝިއާގެ ހިއްސާގެ ބާޒާރު ދަށަށް!

7 އޭޕްރިލް 2025 ގައި ހޭންގް ސެންގް އިންޑެކްސް ދައްކާ އިލެކްޓްރޯނިކް ޑިސްޕްލޭ ބޯޑެއްގެ ކައިރިން މީހުން ހިނގާފައި ދަނީ.

އޭޝިއާގެ އިޤްތިޞާދުތަކަށް ވަކިން ޚާއްޞަކޮށް ބޮޑަށް އަސަރުކުރަނީ ދުނިޔޭގެ ވިޔަފާރީގެ ހަނގުރާމައަކުން އެމެރިކާގެ އިޤްތިޞާދު ލަހުވެ ނުވަތަ ރިސެޝަނަކަށް ވެއްޓިދާނެކަމުގެ ބިރުންނެއެވެ.

ހޯމަ ދުވަހު، ޝަންގްހާއިއިން ފެށިގެން ޓޯކިޔޯ އަދި ސިޑްނީއިން ފެށިގެން ހޮންގް ކޮންގަށް ހުރި އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ ހިއްސާތައް އެތައް އަހަރެއްގެ ތެރޭގައި ނުދެކޭވަރަށް ވެއްޓުނެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފްތަކާ ގުޅިގެން ދުނިޔޭގެ މާރުކޭޓުތަކަށް ކުރިމަތިވަމުންދާ ހީނަރުކަމުގެ ސަބަބުންނެވެ.

ޝަންގްހާއި ކޮމްޕޮސިޓް އެއް ހިސާބެއްގައި 8 އިންސައްތައަށްވުރެ ބޮޑަށް ދަށަށް ދިޔައެވެ. ހޮންގް ކޮންގްގެ ހޭންގް ސެންގް 13 އިންސައްތައަށްވުރެ ބޮޑަށް ދަށަށް ދިޔައެވެ. އަދި ޖަޕާނުގެ ނިކެއި 225 ވެސް 7.8 އިންސައްތައިން ދަށަށް ގޮސް ބަންދުވިއެވެ. މި ބަދަލުތަކަކީ އިގުތިސާދީ މާހިރުން ބުނިގޮތުގައި “ލޭއޮހޮރުވުމެއް” ފަދަ ކަމެކެވެ.

ޔޫރަޕުގެ މާރުކޭޓުތައް ވެސް ހެނދުނުގެ ވިޔަފާރީގައި ދަށަށް ދިޔައެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ދަށަށް ދިޔައީ ބޭންކުތަކާއި ދިފާޢީ ކުންފުނިތަކެވެ. މިއީ ޓްރަމްޕް ގިނަ ޤައުމުތަކަށް 10 އިންސައްތައިން 46 އިންސައްތައަށް އައު ޓެރިފްތަކެއް އިޢުލާނުކުރުމާ ގުޅިގެން ފާއިތުވި ހަފުތާގައި ދުނިޔޭގެ މާރުކޭޓުތަކަށް ކުރިމަތިވި އިގުތިސާދީ އިންގިލާބެއްގެ ފެށުމެކެއެވެ.

މިއީ އޭޝިއާގެ އުފެއްދުންތެރިކަމުގެ މަރުކަޒުތަކަށް ލިބުނު ބޮޑު ހިތްދަތިކަމެކެވެ. އެހެނީ އެ މަރުކަޒުތަކުން އަންނައުނުން ފެށިގެން ކާރުތަކާ ހަމައަށް އެކްސްޕޯޓުކުރުމުގައި އެމެރިކާއަކީ މުހިންމު މާރުކޭޓެއް ކަމުގައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

Ihsaan

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ފަހިކޮށް އޮތް މާހައުލު ނައްތާލާނަން: އިޙްސާން

Big y8ixuorksw3g9xukl9jgvt0si 864x576

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

ޤައުމީ ފެންވަރުގައި އޯޝަން އެކައުންޓްސް އެކުލަވާލުމުގެ މަގުޗާޓު ރާއްޖެއިން އިފްތިތާހުކޮށްފި

ELL Mobile Advertisement TTH_advertisement