ކުއްލި ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ

އައްޑޫ ހިތަދޫގައި ސައިކަލުތަކެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ 18 ރަށެއްގެ ސްކޫލްތަކުގައި ނުނިމިހުރި މަސައްކަތް ކުރަން ހަވާލުކޮށްފި

ރާއްޖޭގެ 18 ރަށެއްގެ ސްކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށްޓަކައި ތިން ސަރުކާރު ކުންފުންޏަކާ ހަވާލުކުރެވިއްޖެއެވެ. މި މަސައްކަތްތައް ހަވާލުކުރެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.

މި މަޝްރޫޢުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރެވިފައިވަނީ 15 ރަށެއްގެ ސްކޫލްތަކުގެ މަސައްކަތްތަކެވެ. މީގެ ތެރޭގައި ހިމެނެނީ ހއ. މޮޅަދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނޭކުރެންދޫ، ށ. ބިލެތްފަހި، ރ. އިންނަމާދޫ، ރ. ދުވާފަރު، ބ. ކުޑަރިކިލު، އއ. މަތިވެރި، ތ. ގާދިއްފުށި، ގދ. ވާދޫ، ހއ. މާރަންދޫ، ކ. ގުޅި، ތ. މަޑިފުށި، ހދ. ނައިވާދޫ އަދި ލ. މާވަށް ސްކޫލްތަކެވެ.

އާރުޑީސީއާ ހަވާލުކުރެވިފައިވަނީ އއ. މާޅޮހު އަދި އދ. ފެންފުށީ ސްކޫލްތަކުގެ މަސައްކަތްތަކެވެ. އަދި ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރެވިފައިވަނީ މ. ވޭވަށު ސްކޫލުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވުނު ރަސްމިއްޔާތު ބޭއްވުނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢެވެ. ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 114.9 މިލިއަން ރުފިޔާއެވެ. މި މަސައްކަތްތައް ނިމުމުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ރޯދައިގެ ކުރިން ހުޅުވަނީ

ވެލިދޫ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް ނިމިއްޖެ

ބާޒާރުމަތީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ: އެމްޓީސީސީ

RTL

އިތުރު އަތޮޅަކަށް އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ތައްޔާރު، މިހާތަނަށް 12 އަތޮޅަށް ވަނީ ފަށާފައި

TTH_advertisement