ކުއްލި ޚަބަރު

ޝަމްޢާނަށް ދަޢުވާކުރަން ޕީޖީއަށް

ދުންފަތް ކޮންޓްރޯލްކުރުމަށް ޖެނެރޭޝަނަލް ބޭން ގެނައުމުގެ ބިލު މަޖިލިސްއިން ފާސްކުރައްވައިފި

ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ސްކޫލާއި ގޭތެރޭގެ މާހައުލަކީ އެންމެ ފަހި މާހައުލަށް ހެދުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު

489029075 1064809702349114 5458804043561088300 n
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލެ ސަރަހައްދުގެ ސްކޫލުތަކަށް ޒިޔާރަތްކުރައްވަނީ — ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލާއި ގޭތެރޭގެ މާހައުލަކީ ދަރިވަރުންގެ އުނގެނުމާއި، ހެދިބޮޑުވުމަށް އެންމެ ފަހި މާހައުލެއްގެ ގޮތުގައި ހެދުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ދެއްވި ހިތާބުގައި ވިދާޅުވީ އިލްމާއި ހިލްމު ލިބިފައިވާ، ހުނަރުވެރި، ދިރިއުޅުމަށް ތައްޔާރުވެފައިވާ ފަރުދަކު ބިނާކުރުމަކީ އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކޮށްގެން މެނުވީ ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.

“ދަރީންގެ އުނގެނުމުގެ ކަންކަމުގައި، ސްކޫލާއި ބެލެނިވެރީންނާއި ދެމެދު ގާތް ގުޅުމެއް އޮންނާން ޖެހޭ. ހާއްސަކޮށް، މުދައްރިސުންނާއި ބެލެނިވެރީންނާއި ދެމެދު. ދަރިވަރުންގެ ކަންކަމުގައި، އިހުތިރާމާއެކު އެއްބަޔަކު އަނެއްބަޔަކާއި މުއާމަލާތުކޮށް މައުލޫމާތު ބަދަލުކުރެވެން ޖެހޭ. ސްކޫލާއި ގޭތެރޭގެ މާހައުލަކީ ދަރިވަރުންގެ އުނގެނުމާއި، ހެދިބޮޑުވުމަށް އެންމެ ފަހި މާހައުލެއްގެ ގޮތުގައި ހެދުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިރާސީ އާ އަހަރަކަށް ކުރިމަތިލާ އިރު، މަތިވެރި އަޒުމަކާއި އާ ހިތްވަރަކާއެކު އުނގެނުމަށް މަސައްކަތްކުރުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވާ ކަމަށާއި އިސްލާމް ދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކިޔަމަންތެރިވާ، ޒިންމާދާރު، އެކަކު އަނެކަކަށް އިހުތިރާމްކުރާ، އުނގެނުމަށް ލިބިފައިވާ މި ރަނުގެ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ ދަރިވަރަކަށްވުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

“ތައުލީމީ ދާއިރާގެ އެންމެހާ މަދަދުގާރުން! އަޅުގަނަޑުމެންނަކީ ފަހުރުވެރި މުސްލިމު ދިވެހީން. އަޅުގަނޑުމެންގެ ކާބަފައިން ގެނެސްދެއްވާފައިވާ ރިވެތި އާދަތަކާއި ސިފަތައް އަޅުގަނޑުމެންގެ މެދުގައި އާލާކުރުމަށް މި ދިރާސީ އަހަރުގައި އާ ހިތްވަރެއް ލުމަށް އެދެން. އެކަކު އަނެކަކަށް ލޯތްބާއެކު އަޅާލާ، އެހީތެރިވާ، އޯގާތެރި މާހައުލެއް އޮންނަ ސްކޫލެއްގެ ގޮތުގައި ކޮންމެ ސްކޫލެއް ބަދަލުވާން ޖެހޭ. އޭރުން ކޮންމެ ސްކޫލެއްވެސް ވެގެންދާނީ އަޅުގަނޑުމެންގެ މުޖުތަމައު އެދޭފަދަ އުފާވެރި އުނގެނުމުގެ ވެއްޓަކަށް،” މިނިސްޓަރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު އިތުރަށް ވިދާޅުވީ ޒަމާނަށް އަންނަ ބަދަލުތަކާއެކު، ދަރިވަރުންގެ ވިސްނުމަށާއި އުޅުމާއި ގުޅުންތަކަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އެ ބަދަލުތަކަށް އެންމެ ފުރިހަމަ ގޮތުގައި ރިއާޔަތްކޮށްގެން އުނގަންނައި ދިނުމަކީ، ތަހުޒީބީ ޖީލެއް ބިނާކުރުމަށް ކޮންމެހެންވެސް ކުރާންޖެހޭނެ ކަމެއް ކަމަށެވެ. އަދި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމަށްޓަކައި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް އަބަދުވެސް ގެންނަމުން ދިއުމަށް މުދައްރިސުންނަށް އިލްތިމާސްކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Tttt

ލަންކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ހައިވަކަރު ގަސްތައް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިންދަނީ

Gggs

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް އެހީތެރިވުމަށް ޕްރޮގްރާމެއް ފަށައިފި

Kkvv

ތަރައްގީގެ މަޝްރޫއުތަކަށް އެހީ ހޯދަން މިނިސްޓަރު ޚަލީލް ކުވައިތުގައި

Bbii

މަނީލޯންޑާކުރި ބިދޭސީއަކު ހައްޔަރުކޮށްފި، އެކައުންޓުތަކުން 8 މިލިއަން ރުފިޔާ ދައުރުކޮށްފައިވޭ

Mulhiraajje
TTH_Advertisement ELL Mobile Advertisement