ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީސީސީ ހުނަވަރު ގެ ޕްރޮޖެކްޓް އޮފިސަރ ޓްރެއިނީ ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެމްޓީސީސީން އިޢުލާން ކޮށްފައިވާ ގޮތުގައި، ކުންފުނީގެ “ހުނަވަރު” ޕްރޮގްރާމްގެ ދަށުން ޕްރޮޖެކްޓް އޮފިސަރ ޓްރެއިނީ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.

“ހުނަވަރު” ޕްރޮގްރާމަކީ މަސައްކަތުގެ މާޙައުލުގައި ފަންނީ ތަމްރީނު ލިބިފައިވާ، ޤާބިލު ދިވެހީން އުފެއްދުމަށްޓަކައި އެމްޓީސީސީން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.

މިފަހަރު ހުޅުވާލެވިފައިވަނީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަންގައި ޕްރޮޖެކްޓް އޮފިސަރުން ތަމްރީނު ކުރުމަށް 10 ފުރުޞަތެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ ތިން މަސް ދުވަހެވެ.

މި ފުރުޞަތަށް ކުރިމަތިލެވޭނީ އޯލެވެލްގައި ސައިންސް ސްޓްރީމް ފުރިހަމަކޮށްފައިވާ، މަސައްކަތަށް ޝައުޤުވެރިކަން ހުރި އަދި ދާއިރާގެ އައު ހުނަރުތައް ދަސްކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށެވެ. ޝަރުޠު ހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްރީލް 10 ވަނަ ދުވަހުގެ 23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 28 at 20.22.59

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ