ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ޕީއެސްޖީން ލީގު ޗެމްޕިއަންކަން ހޯދައިފި

ފްރެންޗް ލީގު 1 ގެ މި މޫސުމުގައި އަދި ހަ މެޗު ކުޅެން އޮއްވައި، ޕެރިސް ސެއިންޓް-ޖަރމޭން (ޕީއެސްޖީ) އިން ވަނީ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. މިއީ ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ޕީއެސްޖީ އިން ލީގުގެ ޗެމްޕިއަންކަން ހޯދުމެވެ.

ޕީއެސްޖީ އިން ޗެމްޕިއަންކަން ކަށަވަރުކުރީ އެންޖާރސް އާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން މޮޅުވެގެންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު ޖެހީ 55 ވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރ ޑިސަޔާ ޑުއޭ އެވެ. މި މޮޅުވުމާއެކު، ޕީއެސްޖީ އަށް ވަނީ 28 މެޗުން 74 ޕޮއިންޓް ހޯދައި، ލީގު ތާވަލުގެ އެއްވަނަ ހޯދިފައެވެ.

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވިދާޅުވީ، ޗެމްޕިއަންކަން ކަށަވަރުވެފައި ވީނަމަވެސް، ބާކީ އޮތް ހަ މެޗުންވެސް މޮޅުވުމަށް އެ ޓީމުން މަސައްކަތްކުރާނެ ކަމަށެވެ. މި މޫސުމުގައި މިހާތަނަށް ކުޅުނު 28 މެޗުގެ ތެރެއިން ޕީއެސްޖީ އަކަށް އެއްވެސް މެޗަކުން ބަލިއެއް ނުވެއެވެ.

ޕީއެސްޖީ އަށް މިހާރު ވަނީ ފްރެންޗް ލީގުގެ ޗެމްޕިއަންކަމުގެ އިތުރުން، ޔޫއެފާ ޗެމްޕިއަންސް ލީގާއި ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ލިބިފައެވެ. މި ގޮތުން، ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި އެސްޓަން ވިލާ އާ ދެކޮޅަށް ކުޅޭއިރު، ފްރެންޗް ކަޕްގެ ފައިނަލުގައި ރެއިމްސް އާ ދެކޮޅަށް ކުޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަނީ

Main 20251024 181558

އިންފަންޓީނޯއާއެކު ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ޑައިމަންޑް ޖުބްލީ ލޯގޯ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

ފީފާގެ ރައީސް އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެއަށް

TTH_advertisement