ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން: ނަޝީދު

G30ybas5hi5m08q91zfz
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު — ފޮޓޯ: ރައީސް އޮފީސް

ދެ ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސްކަން ކުރެއްވުމަށްފަހު، އެ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވި ނަޝީދު އެހެން ވިދާޅުވެފައިވަނީ އެ މަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނަޝީދު ވިދާޅުވީ އެ މަނިކުފާނަށް ފެންނަ ގޮތުގައި މިވަގުތު ދެ ޕާޓީއަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން ކަމަށެވެ.

ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސް އުފެއްދެވީ އެމްޑީޕީގެ ތެރެއިން އުފެދުނު ހިޔާލުތަފާތުވުމެއްގެ ތެރެއިންނެވެ. ޑިމޮކްރެޓްސް އުފައްދާފައިވަނީ ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުންނާއެކުއެވެ.

އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްއާ ގުޅުނު ބައެއް އިސް ބޭފުޅުން މިހާރު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލަތީފާއި، އެމްޑީޕީގެ އޭރުގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ހިމެނިވަޑައިގެންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އެޕާޓު
މީނަ ބުނާގޮތެއް ނުހަދާތި. އެންމެފަހުންވެސްބުނީ ކަންކުރާނީ ރައްޔިތުންނަށް ފައިދާވާގޮތަށޭ. އެބަ ފެނެއެންނު ވާ ފައިދާ. މީނާ ރަނގަލޫ ފާޑުކިޔާ ހިޔާލުފާޅުކުރަން މުސްތަގިއްލުކޮން ބަހަައްޓަން.
ޖ ޖާނޭޖާނޭ
އެއްގޮތަކަށްވެސް އެމްޑީޕީއަށް އަންނިސޮރު ނުގެންނާތި ވެރިކަންނުލިބުނަސް

ގުޅުންހުރި

Ui

އެމެރިކާއިން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ނަޝީދު ފާޑުވިދާޅުވެއްޖެ

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު

78

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި