ކުއްލި ޚަބަރު

ޑްރަގްގެ ވިޔަފާރި ކުރާ މީހުންނަށް ރާއްޖޭގައި އުޅެން އުނދަގޫވާވަރު ކުރާނަން: އިހްސާން

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފަށައިފި

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

ގަވަޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 11 ބިދޭސީއެއް އަތުލައިގެންފި

Large thumb 1743831968194

މާލޭގެ ކެފޭއެއްގައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، މި ބިދޭސީން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަންގެ ޓާސްކް ފޯސްއިން އިއްޔެ ރޭ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން އޮޕަރޭޝަނެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، ހައްޔަރުކުރި ބިދޭސީން މަސައްކަތްކުރަމުން ދިޔަ ކެފޭ ހިންގަމުން ގެންގޮސްފައިވަނީ އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ކަމަށެވެ.

ގަވަޢިދާ ޚިލާފަށް މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިމިގްރޭޝަނުން އަންނަނީ ގިނަ އަދަދެއްގެ އޮޕަރޭޝަންތަކެއް ކުރިޔަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑިޖިޓަލައިޒް ކުރުމުން ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ލިބުނު ބޮޑު ފަސޭހައެއް: މަސީ

ޤަވާއިދާ ޚިލާފަށް އުޅުނު 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހުޅުދޫ އަދި މީދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި

Mal

ގަވާއިދާ ހިލާފަށް އުޅުނު ފަސް ބިދޭސީއަކު ހުޅުމާލެއިން ހައްޔަރުކޮށްފި

TTH_advertisement