ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން، ރަށުގެ ރައްޔިތުންނާއެކު މަޢުލޫމާތު ޙިއްޞާކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމް ބޭއްވުނީ އެޕްރީލް 2 ވަނަ ދުވަހުއެވެ.
މި ޕްރޮގްރާމްގެ ދަށުން، ފުލުހުން ވަނީ ރަށުގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކޮށް، ރައްޔިތުންނާ ސީދާ ބައްދަލުކޮށް، ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދާޚިޔާލު ހޯދާފައެވެ. މީގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، އެ ކަންކަން ޙައްލުކުރުމަށް ފުލުހުންނާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
ޕްރޮގްރާމްގެ ތެރެއިން، އަންނަނިވި މުހިންމު ބައިތަކާ ގުޅޭގޮތުން ވަނީ މަޢުލޫމާތު ދެވިފައެވެ:
1. ރަށުތެރޭގައި ހިނގާ ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް
2. މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވިދާނެ ގޮތްތައް
3. ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ސަމާލުވާންޖެހޭ ކަންކަން
އަދި ޚާއްޞަކޮށް، ފޯނަށް ލިބޭ ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު ފަދަ ޒާތީ މަޢުލޫމާތު އެހެން ފަރާތްތަކާ ޙިއްޞާނުކުރުމުގެ މުހިންމުކަން ވަނީ އިތުރަށް ފާހަގަކޮށްދެވިފައެވެ.
މި ޕްރޮގްރާމަކީ ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތެކެވެ.