ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ތަނބު ތިލަމާލެ ބްރިޖުގައި ޤާއިމުކުރެވިއްޖެއެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގެ ތަރައްޤީއަށް އެޅޭ އެންމެ މުހިންމު ހިލަވަޅުތަކުގެ ތެރެއިން އެއް ހިލަވަޅު ކަމުގައިވާ ތިލަމާލެ ބްރިޖު މަޝްރޫޢުގެ ދަށުން، ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ތަނބު ޤާއިމުކުރެވިއްޖެއެވެ. މި ތަނބަކީ އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ މަޝްރޫޢެއްގެ މުހިންމު ބައެކެވެ.

އިންޑިއާ ހައިކޮމިޝަނުން ދެއްވާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މި ޕްރީކާސްޓް ތަނބުގެ ތަފްޞީލުތައް ތިރީގައި މިވަނީއެވެ:

• އުސްމިން: 8.2 މީޓަރު
• ފުޅާމިން: 25.3 މީޓަރު
• ބަރުދަން: 216.04 މެޓްރިކް ޓަން

އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވުނު މި ތަނބަކީ އިންޖިނިއަރިންގ ދާއިރާއަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމުގައި އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރައްވައެވެ.

މި ކާމިޔާބީއާ ގުޅިގެން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވަނީ މަޝްރޫޢުގެ މަސައްކަތުގެ ދުވެލި އިތުރަށް އަވަސްވެ، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް މި މަޝްރޫޢުއަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

A Day of Special Achievement

On 3 April, 2025, the tallest precast navigation span segment in the world under the 🇮🇳 🇲🇻 Greater Male Connectivity Project was erected by Afcons. The 8.23m tall and 25.37m wide segment weighs 216.04 MT and is an engineering marvel. htt

މަޝްރޫޢުގެ ޓައިމްލައިންގެ މައިގަނޑު ތާރީޚުތައް:

• މާލެއިން ގުޅިފަޅަށް: 2025 މާރިޗުގެ ނިޔަލަށް
• ގުޅިފަޅުން ތިލަފުއްޓަށް: 2025 ސެޕްޓެންބަރުގެ ނިޔަލަށް
• މުޅި މަޝްރޫޢު ނިމުން: 30 ސެޕްޓެންބަރު 2026

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭ 3 ބްރިޖާއި، ކޯޒްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ޖުމްލަ ދިގުމިނަކީ 6.7 ކިލޯމީޓަރެވެ. މީގެ އިތުރުން، ކޮންމެ ރަށަކަށް އަރައި ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިންގ ސަރަޙައްދުތައްވެސް ހިމެނެއެވެ.

އިޝްތިހާރު އިޝްތިހާރު