ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވީއައިއޭގައި ހިންގި މާރާމާރީއެއްގައި ތިން ބިދޭސީއަކަށް އަނިޔާވެއްޖެ

via
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް —

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ގިނަ ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގައިފިއެވެ.

ފުލުހުން މިއަދު ބުނީ، އެ މާރާމާރީގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:49 ހާއިރު ކަމަށާއި އެ މާރާމާރީގައި އަނިޔާވި ބަޔަކަށް ހުޅުމާލެ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެ މާރާމާރީ ހިނގާފައިވަނީ ވީއައިއޭ ޓާމިނަލުގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށާއި މާރާމާރީގައި ތިން ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާރާމާރީގައި އަނިޔާވީ މިސްރުގެ ދެ މީހަކާއި ބަންގުލަދޭޝްގެ މީހަކަށް ކަމަށާއި އެމީހުންގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ކަތިވަޅިއަކުން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް

98

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މާރާމާރީ ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

airport

ރާއްޖެ މަގުން އެހެން ޤައުމުތަކަށް މުދާ އުފުލާ މިންވަރު %22 އިތުރު، 89,163 ޓަނުގެ މުދާ އުފުލާފައިވޭ

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ