ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ހުޅުމާލޭގައި ޤާއިމްކުރެވޭ ފެން ރައްކާކުރާ ޕްލާންޓުގެ މަސައްކަތް މި މަހު ނިމި ޚިދުމަތް ފޯރުކޮށްދޭން ފެށޭނެ: މަތީން

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މަތީން މުޙައްމަދު ވިދާޅުވެފައިވަނީ، ހުޅުމާލޭގައި ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ޤާއިމްކުރެވޭ ފެން ޕްލާންޓުގެ މަސައްކަތް މި މަހު ނިމި، ޚިދުމަތް ފޯރުކޮށްދޭން ފެށޭނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ އެންމެ މުހިންމު އެއް އަމާޒަކީ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމެވެ. މިގޮތުން، ގްރޭޓަރ މާލެ ސަރަހައްދުގައި ހުންނަ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން، މާލޭގެ އިތުރު ދެ ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒު ޤާއިމްކޮށް، ފެން އުފެއްދުން ވަނީ ލާމަރުކަޒީ ކުރެވިފައެވެ.

މަތީން ވިދާޅުވެފައިވަނީ، މާލެ ސަރަހައްދުގައި ފެން އުފެއްދުމާއި، ރައްކާކުރުމާއި، ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ހުއްޓިފައިވާ މަޝްރޫޢުތަކާއި އަލަށް ފަށާ މުހިންމު މަސައްކަތްތައް ހިމެނެއެވެ.

މާލެ ސަރަހައްދުގެ ފެން އުފެއްދުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، އިތުރު 10,000 ޓަނުގެ ފެން އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މަތީން ވިދާޅުވިއެވެ. މި މަސައްކަތް މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި، މާލެ ސަރަހައްދަށް ހިޖުރަކުރާ ފަރާތްތައް އިތުރުވެދާނެ ކަމަށް ބަލައި، އިތުރު 1,000 ޓަނުގެ ފެން އުފެއްދުމުގެ މަސައްކަތް 3 މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރު މާލެ ސަރަހައްދުގައި ފެން ރައްކާކުރެވެނީ އެންމެ އެއް ދުވަހަށް ވާވަރަށް ކަމަށާއި، މިއީ މާލެ ފަދަ އާބާދީ ބޮޑު ސަރަހައްދަކަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށް މަތީން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ހުޅުމާލޭގައި 10,000 ޓަނުގެ ފެން ރައްކާކުރެވޭ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަސައްކަތް މި މަހުގެ ތެރޭގައި ނިމި ޚިދުމަތް ފޯރުކޮށްދޭން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ހުޅުމާލޭގައި 10,000 ޓަނުގެ ސްޓޯރޭޖެއްގެ މަސައްކަތް ފާއިތުވި އަހަރުގެ ފަހުކޮޅު ފެށިފައިވާނެ. މި މަސައްކަތް އޭޕްރީލް މަހަށް ނިމޭނެ. މިއާއެކު، ހުޅުމާލޭގައި ފެން ރައްކާކުރެވޭނެ ޤާބިލުކަން މިހާރު ހުރި މިންވަރާ އަޅާބަލާއިރު90 އިންސައްތަ އިތުރުވެގެންދާނެ,” މަތީން ވިދާޅުވިއެވެ.

މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާނގީތައް ޤާއިމްކުރުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތްވެސް އެމްޑަބްލިއުއެސްސީން ދަނީ ކުރަމުންނެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރު ނިމޭއިރު ފެން އުފެއްދުމުގެ ޤާބިލުކަން 26 އިންސައްތައަށް އަދި ފެން ރައްކާކުރެވޭ މިންވަރު 28 އިންސައްތައަށް އިތުރުކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ލަފާކުރެއެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން، މާލެ ސަރަހައްދުގެ ރައްޔިތުންނަށް ފެނުގެ ޚިދުމަތް އިތުރަށް ކަށަވަރުކޮށްދެވި، ކުއްލި ހާލަތްތަކުގައި ފެނުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ. އަދި މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައި، ދުރާލާ ރޭވިގެން ފެނުގެ ޚިދުމަތް ފުޅާކުރުމުގެ މުހިންމުކަން މި މަޝްރޫޢުތަކުން ފާހަގަކޮށްދެއެވެ.

ހުޅުމާލޭގައި ޤާއިމްކުރެވޭ ފެން ރައްކާކުރާ ޕްލާންޓުގެ މަސައްކަތް ނިމި، ޚިދުމަތް ފޯރުކޮށްދޭން ފެށުމާއެކު، މާލެ ސަރަހައްދުގެ ފެނުގެ ޚިދުމަތަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބި، ރައްޔިތުންނަށް އިތުރު ޔަޤީންކަމަކާއެކު މި އަސާސީ ޚިދުމަތް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލޭގައި ކަންނެލި ކޯލްޑް ޗެއިން ކޮމްޕްލެކްސްއެއް އެޅުމަށް ބީލަމަށް ހުޅުވާލައިފި

443326 b52b4fe9 d

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

“އައި ލަވް އެޗްއެމްއެލް”ގެ ނަމުގައި މޮނިއުމަންޓެއް

ހުޅުމާލެ ފަޅުތެރޭން ބިންހިއްކާތީ، އުޅަނދުތައް އެޅުމަށް ސަރަޙައްދުތަކެއް ކަނޑައަޅައިފި

TTH_advertisement