ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ މަރުވެއްޖެ

Big qfovuxhga9pyqgiftnofy0teg
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ އއ. ރަސްދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ދެމަފިރިއަކު ވަނީ ފިހިފައެވެ.

އެނގިފައިވާގޮތުގައި އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް، އޭގެ ތެރެއިން އަންހެން މީހާ ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ފުލުހުން “ވަން” އަށް މިދިޔަ އަންގާރަ ދުވަހު ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11:15 ހާއިރު ރަސްދޫގެ ގެއެއްގައި އަލިފާން ރޯވި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ހާދިސާގައި އެ ގޭގައި ދިރިއުޅޭ ދެ މީހަކު ޒަހަމްވެގެން ފަރުވާ ދިނުމަށްޓަކައި މާލެއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ދެމަފިރިންނަށް ފަރުވާދިނުމަށް އައިޖީއެމްއެޗްއަށް ގެންދިޔަ އިރުވެސް ހާލު ސީރިއަސްއެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފިހިފައިވަނީ އަންހެން މީހާއެވެ. ޑޮކްޓަރުން ވެސް މީގެ ކުރިން އޭނާއަށް ވަނީ އުންމީދު ކަނޑާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ގުދަނުގައި ރޭ އަލިފާން ރޯވި މައްސަލައިގެ ޚާއްސަ ތަހުގީގެއް ފަށައިފި

WhatsApp Image 2026 03 18 at 11.18.02

ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަނީ

Oo

ހުޅުމާލޭގެ ގެއެއްގައި ރޯވެ ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި