ކުއްލި ޚަބަރު

އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމު ނިންމާލައިފި

މީޑިއާ ރެގިއުލޭޝަންގެ ބިލު ރައީސް ތަޞްދީޤު ކުރަށްވައިފި

އަކްރަމް ކަމާލުއްދީނާއި ޢާރިފްގެ މައްޗަށް ދަޢުވާކޮށްފި

ފުލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ސިޓީ ކައުންސިލުން އެހީވަނީ

Gmjtjraa8aaqlo1
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް — ފޮޓޯ: މާލެ ސިޓީ ކައުންސިލް

ގެދޮރުވެރިޔާ ސްކީމްގެ ފުލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން އެހީތެރިކަން ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށްގެންދިޔަ “ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ފުލެޓު ލިބުނު މީހުންގެ ލިސްޓު އާންމުކޮށް ވަނީ ޝަކުވާ ހުށަހަޅަން ހުޅުވާލައިފައެވެ. މިމަހުގެ 19 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15ގެ ނިޔަލަށް އިތުރުކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ އިދާރާގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވަކި ގަޑިތަކެއްގައި ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭ ވަގުތުތައް:

  • މާޗް 31 އިން ފެށިގެން އޭޕްރީލް 5 އަށް:
    • ހެނދުނު 10:00 އިން މެންދުރުފަހު 2:30 އަށް، އަދި ރޭގަނޑު 9:30 އިން ރޭގަނޑު 11:00 އަށް
  • އޭޕްރީލް 6 އިން އެޕްރީލް 15 އަށް:
    • ހެނދުނު 9:00 އިން ހަވީރު 4:00 އަށް، އަދި ރޭގަނޑު 9:00 އިން 11:00 އަށް

ފުލެޓު ލިބޭ މީހުންގެ ލިސްޓު މިދިޔަ ފެބްރުއަރީ މަހުގެ 27 ގައި އާންމުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވާލުމުން ގިނަ ބަޔަކު އަންނަނީ ޝަކުވާ ހުށަހަޅަމުންނެވެ.

ކުރީ ސަރުކާރުން ފުލެޓު ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ތިބި 4،939 މީހުންގެ އެޕްލިކޭޝަންތައް މި ސަރުކާރުން ވެރިފައި ކުރި އިރު، ފުލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުންނެވެ. ކުރީ ސަރުކާރުން ފުލެޓު ލިބޭނެ ކަމަށް ކަނޑައެޅި 2،695 އެޕްލިކޭޝަން ޝަރުތު ހަމަނުވާ ކަމަށް ވަނީ ނިންމައިފައެވެ. އަދި 424 އެޕްލިކޭޝަނެއް ޕޮއިންޓަށް އައި ބަދަލުތަކާއެކު ލިސްޓުން ވަނީ އުނިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ނެޝަނަލް ޕޮލިސީ އޮން އޭޖިން” އިފްތިތާހްކޮށްފި

420166 98146565 e

މަޑިފުށީގެ އިޚްތިޞާޞްގައި އުފުރިޔާއާއި ކޮޅުފުށި ހިމަނުއްވައިފި

އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމު ނިންމާލައިފި

420166 98146565 e

މީޑިއާ ރެގިއުލޭޝަންގެ ބިލު ރައީސް ތަޞްދީޤު ކުރަށްވައިފި

TTH_advertisement