ކުއްލި ޚަބަރު

މާލޭގެ ބާޒާރުމަތީގައި އެސްޓީއޯގެ އާ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި

ވިލާ ގްރޫޕުން ލަންކާގެ ރައްޔިތުންނަށް 100،000 ޑޮލަރު ހަދިޔާކޮށްފި

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށައިފި

މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ މައްޗަންގޯޅީގައި ހުރި ގެއެއްގައި ނިޔާވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވިގޮތުގައި، އިއްޔެ ރޭ 12:22 ގައި ހޭނެތިފައި އޮތް މީހެއްގެ މަޢުލޫމާތު ފުލުހުންނަށް ލިބުނެވެ. މި މަޢުލޫމާތާ ގުޅިގެން އެ ފަރާތް ވަގުތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދެވުނުއިރު އެ ފަރާތް ވަނީ ނިޔާވެފައިކަމަށް ހޮސްޕިޓަލުން ފުލުހުންނަށް އަންގާފައިވެއެވެ.

ނިޔާވި ފަރާތަކީ 60 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ހާމަކުރެއްވިއެވެ. މި ހާދިސާއާ ގުޅޭގޮތުން އިތުރު ތަޙްޤީޤުތައް ކުރިއަށްދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް މިވަގުތު ހާމަކުރެވެން ނެތްކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިލޯނާއެކު ދިވެހީން: ފުލުހުންގެ ފަރާތުން 2.4 މިލިޔަން ރުފިޔާ

ހަށިވިއްކަމުން ދިޔަ ތަނެއް ބަލައި ފާސްކޮށް ބަޔަކު ހައްޔަރުކޮށްފި

117

ތިން މީހުންނާއެކު ދަތުރުކުރި ދޯންޏެއް އަޑިއަށްދަނީ

ހުޅުމާލޭ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

TTH_advertisement