ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް ނިންމެވި ގޮތަށް ސްޓޫޑަންޓް ލޯނުތަކުން އިދާރީ ފީ ކަނޑާލައިފި

Big u3nhp8snpcknjcpjzf2zisnew
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު — ފޮޓޯ: އަވަސް

މަތީ ތައުލީމަށް ދޫކުރާ ލޯނުތައް އިސްލާމީ ހަމަތަކަށް ފެއްތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ އެއްގޮތަށް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލޯނުތަކުގެ އިދާރީ ފީ ކަނޑާލައިފިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، “ޝަރީއާ ކޮމްޕްލަޔަންޓް” ލޯނުތަކަކަށް ހެދުމަށް ކަންކަން ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާކަން ރައީސް ހާމަކުރެއްވީ އެ މަނިކުފާނު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ލޯނު ޝަރީއާ ކޮމްޕްލަޔަންޓް ކުރުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ތައުލީމާއި ތަމްރީނު ހޯދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނު، ޝަރީއާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ އެއް ޕަސަންޓު އިދާރީ ފީގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުމަށް ދަންނަވާފައިވާނެ ކަމަށާއި އަދި ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖު ނުކުރުމަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ.

އޭގެ އިތުރުން ކުރިން ލޯނު ނަގާފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިންވެސް، އިދާރީ ފީ އުނިކޮށް، އެ ދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރަން ވެސް ދަންނަވާފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ނިންމެވި ނިންމެވުން މިވަގުތުން ފެށިގެން ތަންފީޒުކުރުމަށް އެ މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށާއި އެކަމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިވަގުތުން ފެށިގެން ކުރިއަށްދާ ކަމަށެވެ.

ރައީސްގެ އެ ނިންމެވުމާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަށް އެ ބަދަލުތައް ގެނެސްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް