ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިޔަންމާއަށް ބާރުގަދަ ބިންހެލުމެއް ރާާއްޖެއަށް އަސަރު ނުކުރާނެ

މިއަދު ހެނދުނު 11:32 ގައި މިޔަންމާއަށް 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދީފިއެވެ. ނަމަވެސް، މި ބިންހެލުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވާނެކަމަށް ނުބެލެވޭކަމަށް އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ބިންހެލުން އައި ސަރަހައްދާއި މާލެއާ ދެމެދު ގާތްގަނޑަކަށް 3121 ކިލޯމީޓަރުގެ ދުރުމިނެއް ހުރެއެވެ. މި ދުރުމިނުގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސަރެއް ކުރާނެކަމަށް ނުބެލެވޭކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް، ރާއްޖެއާ ކައިރި ސަރަހައްދުތަކަށް އަންނަ ބިންހެލުންތަކުގެ އަސަރު ބައެއް ހާލަތްތަކުގައި ރާއްޖެއަށް ކުރާކަން ފާހަގަކުރެވެއެވެ. މިގޮތުން 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހާދިސާ ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު ނެރެފި، ރާޅުތަކުގެ އުސްމިން 3 މީޓަރުގައި ހުރެދާނެ

kulli khabaru

ފިލިޕިންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ރަޝިޔާއަށް ބާރުގަދަ ބިން ހެލުމެއް އައިސްފި، އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭނެ