ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަންކަރިން ޚިދުމަތާ ގުޅިގެން އުލިގަމުގައި އިމިގްރޭޝަންގެ އައު އިމާރާތެއް އަޅަން ހަވާލުކޮށްފި

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ހއ. އުލިގަމުގައި އެ މުއައްސަސާގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތް މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރެވިއްޖެއެވެ. މި އައު އިމާރާތް އެޅުމުގެ މަޤްޞަދަކީ އިހަވަންދިއްޕޮޅުގައި ފެށިފައިވާ ބައިނަލްއަޤްވާމީ ބަންކަރިން ޚިދުމަތާ ގުޅިގެން، ބޭރު ޤައުމުތަކުން ރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމާއި، އުލިގަމުގައި ދެމުންދާ އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމެވެ.

މިހާރު އުލިގަމުގައި ހަމައެކަނި ދެ އިމިގްރޭޝަން އޮފިސަރުން މެދުވެރިކޮށް ސީޕޯޓުގެ ޚިދުމަތްތައް ފޯރުކޮށްދެމުން ދިޔަ ނަމަވެސް، މި އައު އިމާރާތް ޤާއިމުކުރެވުމާއެކު، ޕާސްޕޯޓު އަދި ވިސާ ފަދަ އެހެނިހެން އިމިގްރޭޝަންގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން، އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްޤީވެގެންދާނެކަމަށް އިމިގްރޭޝަނުން ބަޔާންކޮށްފައިވެއެވެ.

ސަރުކާރުން އިހަވަންދިއްޕޮޅުގައި ހިންގުމަށް ނިންމާފައިވާ “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އިޤްތިޞާދީ އެންމެ ބޮޑު މަޝްރޫޢު ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ސަރަޙައްދުގެ ހުރިހާ ރަށްތަކަށް ބޮޑު މަންފާއެއް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ދިއްގަރުގައި އަޅަން ނިންމި 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި