ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ބިންވެރިޔާ” ސްކީމުގެ މައްސަލައިގައި ފުރުން މަނާކުރި އެންމެންގެ ޕާސްޕޯޓު ދޫކޮށްލައިފި

Ghg1yfibcaap7ej
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު — ފޮޓޯ: އެޗްޑީސީ
STO_Ads
TTH_Ads
Maldivian_Ads
Advertisement

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި “ބިންވެރިޔާ” ސްކީމުގެ ދަށުން ވަގަށް ގޯތި ދޫކުރި މައްސަލައިގައި ފުރުން މަނާކުރި އެންމެންގެ ޕާސްޕޯޓް ދޫކޮށްލައިފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އެމްޑަބްލިޔުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން، 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ފުލުހުން ބުނީ ބިންވެރިޔާ ސްކީމާ ގުޅުން ހުރި މައްސަލައިގައި ފުރުން މަނާކުރި އެންމެންގެ ފުރުން މަނާކުރި އަމުރު ބާތިލުކޮށްފައިވާ ކަމަށެވެ.

HajjCop_ads
Advertisement

ބިންވެރިޔާގެ ސްކީމުން އެއްބިމަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅާ މައްސަލަ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ބޮޑުވެފައެވެ. އެ މައްސަލަ ފުރަތަމަ ފާހަގަވީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ އަދި ފަޒީލަށް ހުޅުމާލެއިން ބިމެއް ދިން މައްސަލަ ފެންމަތިވުމާއެކުއެވެ.

އެޗްޑީސީން ވަނީ އެފަދަ ގިނަ މައްސަލަތަކެއް ފާހަގަވުމާއެކު މިިމަހުގެ 17 ވަނަ ދުވަހު ފުލަހުންނަށް އެ މައްސަލަ ހުށަހަޅައިފައެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭ އިރު، އެއްބިމަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދައަށް އެދި އެ ކޯޕަރޭޝަނަށް ހުށަހަޅަމުންދާތީ، އެކަން އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސް، އެކަން އިތުރަށް ބަލައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނެފައިވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރެވުނު ބިންތަކާ ގުޅޭގޮތުން ހާއްސަ އޮޑިޓެއްކޮށް، އެ އޮޑިޓުން، ބިންވެރިޔާ ސްކީމާ ގުޅޭ އެފަދަ އިތުރު މައްސަލަތަކެއް ފާހަގަވެފައިވާތީ ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލޭގައި ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ ފުލުހުން އެޗްޑީސީއާއެކު ބައްދަލުވުމެއް

Viluntheri 1536x1024

200 ބައިވެރިން މި އަހަރުގެ ”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމް ފުރިހަމަކޮށްފި

hdc

އެޗްޑީސީގެ އިދާރީ ހަރަދުތަކުން 137 މިލިއަން ރުފިޔާ ސަލާމަތްކޮށް، މާލީ ހިންގުން ހަރުދަނާކޮށްފި

އެޗްޑީސީގެ މުވައްޒަފުން އިސްނަގައިގެން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި