ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިންވެރިޔާ ސްކީމުގެ މައްސަލަތައް އެޗްޑީސީން ފުލުހުންނަށް ހުށަހަޅައިފި

Whatsapp image 2025 03 17 at 15.45.41
ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ބިމެއްގައި މަސައްކަތްތައް ކުރިއަށްދަނީ — ފޮޓޯ: އެޗްޑީސީ
TTH_Ads
Maldivian_Ads
STO_Ads
Advertisement

ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ މައްސަލަތަައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭ އިރު، އެއްބިމަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދައަށް އެދި އެ ކޯޕަރޭޝަނަށް ހުށަހަޅަމުންދާތީ، އެކަން އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސް، އެކަން އިތުރަށް ބަލައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

އެގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރެވުނު ބިންތަކާ ގުޅޭގޮތުން ހާއްސަ އޮޑިޓެއްކޮށް، އެ އޮޑިޓުން، ބިންވެރިޔާ ސްކީމާ ގުޅޭ އެފަދަ އިތުރު މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަތައް އިތުރަށް ތަހުގީގުކުރުމަށްޓަކައި، ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

HajjCop_ads
Advertisement

އެޗްޑީސީން ބުނީ ކުރިއަށްއޮތް ތަނުގައިވެސް، އެފަދަ ކަންކަން ބަލައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެ ކޯޕަރޭޝަނުގެ ފަރާތުން އަޅަމުން ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށާއި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރަނީ، ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ނަޒާހަތްތެރިކަމާއެކު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ބިންވެރިޔާގެ ސްކީމުން އެއްބިމަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅާ މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވުނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުހައްމަދު ފަޒީލް ރަޝީދަށް ހުޅުމާލެއިން ބިމެއް ދިން މައްސަލަ ފެންމަތިވުމާއެކުއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލޭގައި ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ ފުލުހުން އެޗްޑީސީއާއެކު ބައްދަލުވުމެއް

Viluntheri 1536x1024

200 ބައިވެރިން މި އަހަރުގެ ”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމް ފުރިހަމަކޮށްފި

hdc

އެޗްޑީސީގެ އިދާރީ ހަރަދުތަކުން 137 މިލިއަން ރުފިޔާ ސަލާމަތްކޮށް، މާލީ ހިންގުން ހަރުދަނާކޮށްފި

އެޗްޑީސީގެ މުވައްޒަފުން އިސްނަގައިގެން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި