ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ސްކޭމްތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވޭ: ޕޮލިސް

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިންޓަރނެޓް މެދުވެރިކޮށް ހިންގޭ އޮޅުވާލުންތަކާއި ސްކޭމްތައް އިތުރުވަމުން ދާތީ، އާންމު ރައްޔިތުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ވައިބަރ ހެކްކޮށްގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގޭ ސްކޭމްތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވެއެވެ.

ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ދީފައިވާ މަޢުލޫމާތުގައި، ފައިސާ ފޮނުވުމުގެ ކުރިން އެކަން އެދޭ ފަރާތަކީ ކާކުކަން ރަނގަޅަށް ކަށަވަރުކުރުމަށާއި، އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް އަންގާފައިވެއެވެ. އަދި ހަމައެކަނި މެސެޖެއް ލިބުމުން ވަގުތުން ފައިސާ ނުފޮނުވުމަށްވެސް އިރުޝާދު ދީފައިވެއެވެ.

އޮންލައިން މާކެޓްޕްލޭސްތަކުގައި މުދާ ގަތުމުގައި ވިސްނުންތެރިކަމާއެކު ޢަމަލުކުރުމަށް ފުލުހުން އިރުޝާދު ދީފައިވެއެވެ. މީގެ ތެރޭގައި:

– ޝައްކުވާ ލިސްޓިންގތަކާއި ޕޯސްޓުތަކަށް ސަމާލުވުން
– އަގު ހެޔޮކަމަށް ފެނުނަސް، މުދާ ގަތުމުގެ ކުރިން އިތުރަށް ދިރާސާކުރުން
– އައު ނުވަތަ މަޢުލޫމާތު މަދު ޕްރޮފައިލްތަކުން މުދާ ގަތުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުން
– އިތުބާރުހުރި ވިއްކާ ފަރާތްތަކުން ކޭޝް އޮން ޑެލިވަރީ އިޚްތިޔާރުކުރުން
– ދެފަރާތުގެ ރުހުމާއެކު ވިޔަފާރި މުޢާމަލާތްތައް ފުރިހަމަކުރުން

މީގެ އިތުރުން، އޯޓީޕީގެ ބަދަލުގައި ތަޢާރަފުވެފައިވާ ފްލޭޝް ކޯލްސްއާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. ފްލޭޝް ކޯލްސްއަކީ ކޯލް-ބޭސްޑް އޮތެންޓިކޭޝަން ޓެކްނޮލޮޖީއެއް ކަމަށާއި، މި ނިޒާމުގެ ދަށުން ލިބޭ ކޯޑު އެހެން ފަރާތަކާ ހިއްސާކުރުމަކީ އޯޓީޕީ ހިއްސާކުރުމާ އެއްފަދަ ނުރައްކާތެރި ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

ސްކޭމް މައްސަލަތައް ރިޕޯޓުކުރުމަށް ޚާއްޞަ ކޯލް ސެންޓަރެއް ޤާއިމުކޮށްފައިވާކަން ފުލުހުން އަންގާފައިވެއެވެ. މި ޚިދުމަތް ލިބިގަތުމަށް:

– ނޭޝަނަލް އިމަރޖެންސީ ނަންބަރު: 911
– އެންޓި ސްކޭމް ހޮޓްލައިން: 125
– އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް: [email protected]

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

cp naveen

ކުށްވެރި ފުލުހުންނަށް ހިދުމަތުގައި ޖާގައެއް ނެތް: ނަވީން

ވައިބަރ އެކައުންޓް ހެކްކޮށް ފައިސާ ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

naveen-police

ކުށްކުރާ ފުލުހުންނަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ: ސީޕީ

TTH_advertisement