ކުއްލި ޚަބަރު

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

ގަވާއިދާ ޚިލާފަށް އުޅުނު އިތުރު 25 ބިދޭސީއަކު އަތުލައިގެންފި

ރަޝިޔާގެ ވަފުދާއެކު މަޝްވަރާކުރުމަށްފަހު އެމެރިކާއިން ރިޔާދުގައި އަލުން ޔުކްރެއިނާއާ ބައްދަލުކުރަނީ

ކަޅު ކަނޑުގެ ނެވިކަމަށް ދެވޭ ހަމަލާތައް ހުއްޓުވުމާ ބެހޭގޮތުން އެމެރިކާ އަދި ރަޝިޔާގެ ޓީމުތަކުން މަޝްވަރާކުރީ، ފުޅާ ދާއިރާއެއްގައި ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމަކަށް ވާސިލުވުމުގެ މަޤްޞަދުގައެވެ.

ޔުކްރެއިނާގައި އެއްބައި ހަނގުރާމަ ހުއްޓުވުމާ ބެހޭގޮތުން ރަޝިޔާގެ ވަފުދާއެކު މަޝްވަރާކުރުމަށްފަހު، އެމެރިކާގެ އިސް ބޭފުޅުން ޔުކްރެއިނާގެ އިސް ބޭފުޅުންނާ އަލުން ބައްދަލުކުރަން ހަމަޖެހިފައިވެއެވެ.

ޔުކްރެއިނާގެ އިސް އޮފިޝަލެއް އޭއެފްޕީ ނިއުސް އޭޖެންސީއަށް ވިދާޅުވެފައިވަނީ، މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ފަހުން ކަމަށެވެ. އެއީ އެމެރިކާ އަދި ރަޝިޔާގެ ވަފުދުތަކުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި އެ ދުވަހުގެ މަޝްވަރާތައް ނިންމާލުމަށްފަހުގައެވެ.

ހޯމަ ދުވަހު ބޭއްވުނު އެމެރިކާ-ރަޝިޔާ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ކަޅު ކަނޑުގެ ނެވިކަމަށް ދެވޭ ހަމަލާތައް ހުއްޓުވުމަށެވެ. އެއީ 3 އަހަރު ވެފައިވާ ރަޝިޔާ-ޔުކްރެއިނާ ހަނގުރާމަ ނިންމާލުމަށް ފުޅާ ދާއިރާއެއްގައި ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމަކަށް ވާސިލުވުމުގެ މަޤްޞަދުގައެވެ.

އެމެރިކާގެ އޮފިޝަލުން ޔުކްރެއިނާގެ ޓީމާ އާދީއްތަ ދުވަހު ވެސް ބައްދަލުކޮށްފައިވެއެވެ. އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ މަދަނީ އަދި ހަކަތައިގެ އަސާސީ ވަސީލަތްތައް ހިމާޔަތްކުރުމާ ބެހޭގޮތުންނެވެ. މިކަން ހާމަކުރެއްވީ ޔުކްރެއިނާގެ ވަފުދުގެ އިސްކޮށް ހުންނެވި ޔުކްރެއިނާގެ ދިފާޢީ ވަޒީރު ރުސްޓަމް އުމެރޮވްއެވެ. އޭނާ މި މަޝްވަރާތައް ސިފަކުރެއްވީ “ފައިދާހުރި” ކަމުގައެވެ.

ކީވްއިން ރިޕޯޓުކުރެއްވި އަލްޖަޒީރާގެ އަސަދް ބައިގދް ބައިގް ވިދާޅުވީ، ޔުކްރެއިނާއިން މިހާރު ބޭނުންވަނީ ކަޅު ކަނޑުގެ ނެވިކަން ހިމާޔަތްކުރުމަށް ރަޝިޔާއިން އެއްބަސްވުމަށް ކަމަށެވެ. ޚާއްޞަކޮށް “އޮޑެސާ، ހާސަން އަދި މައިކޮލައިވް ފަދަ ޔުކްރެއިނާގެ ބަނދަރުތަކަށް ދެވޭ ހަމަލާތައް ހުއްޓުވުމަށް” ކަމަށެވެ.
“މިއީ ޔުކްރެއިނާއަށް ވަރަށް ބޮޑު ކަންބޮޑުވުމެއް. ޔުކްރެއިނާއިން ވަރަށް ބޮޑަށް ބޭނުންވަނީ އެ ޤައުމުގެ ބަނދަރުތައް ހިންގ”މިއީ ޔުކްރެއިނާއަށް ވަރަށް ބޮޑު ކަންބޮޑުވުމެއް. ޔުކްރެއިނާއިން ވަރަށް ބޮޑަށް ބޭނުންވަނީ އެ ޤައުމުގެ ބަނދަރުތައް ހިންގައި އޮޕަރޭޓްކުރުމަށް. އެހެންކަމުން، އެންމެ ފުރަތަމަ އެމީހުން ހުށަހެޅީ ވައިގެ އަދި ކަނޑުގެ ހަނގުރާމަ ހުއްޓާލުމަށް،” ބައިގް ވިދާޅުވިއެވެ.

ކްރެމްލިންގެ ޚަބަރު ފަތުރާ ފަރާތް ކަމުގައިވާ ދިމިޓްރީ ޕެސްކޮވް ހޯމަ ދުވަހު ކަށަވަރުކޮށްދެއްވީ، އެމެރިކާ އަދި ރަޝިޔާގެ އޮފިޝަލުން މަޝްވަރާކުރަމުންދަނީ 2022 ވަނަ އަހަރުގެ ކަޅު ކަނޑުގެ ހުއިފިލަނޑާ އިނީޝިއޭޓިވް އަލުން ފެށުމާ ބެހޭގޮތުން ކަމަށެވެ. މިއީ ޔުކްރެއިނާއަށް މިލިއަން ޓަނުން ހުއިފިލަނޑާ އަދި އެހެނިހެން ކާބޯތަކެތި އެ ޤައުމުގެ ބަނދަރުތަކުން އެކްސްޕޯޓްކުރުމަށް ހުއްދަދޭ އެއްބަސްވުމެކެވެ.

މޮސްކޯއިން މި އިނީޝިއޭޓިވްއިން ވަކިވީ 2023 ވަނަ އަހަރުއެވެ. އެމީހުން ބުނީ ހުޅަނގުގެ ޤައުމުތަކުން ރަޝިޔާގެ އަމިއްލަ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ގަސްކާނާ އެކްސްޕޯޓްކުރުމަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދިނުމަށް އެއްބަސްވެފައިވާ ކަންތައްތައް ފުރިހަމަނުކުރާ ކަމަށެވެ.

“މިތާނގައި އެއްވެސް މީހަކު ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކޮށްގެން ތިބީކީ ނޫން. ރަޝިޔާގެ ޚާރިޖީ މިނިސްޓްރީގެ ޚަބަރު ފަތުރާ ފަރާތް ކަމުގައިވާ މަރިޔާ ޒަކަރޯވާ ވެސް ވިދާޅުވެފައިވަނީ ހޯމަ ދުވަހު ރިޔާދުގައި އެއްވެސް ކުރިއެރުމެއް ލިބޭނެކަމަށް އުންމީދެއް ނުކުރެވޭ ކަމަށް،” އަލްޖަޒީރާގެ ދޯސާ ޖައްބާރީ މޮސްކޯއިން ރިޕޯޓުކުރައްވަމުން ވިދާޅުވިއެވެ.

“އުންމީދުކުރެވެނީ ރަޝިޔާއިން އެދޭ ކަންތައްތަކުގެ ތަފްސީލުތައް އެކުލަވާލެވޭނެ ކަމަށް. ރަޝިޔާގެ ވަފުދުން އެމެރިކާގެ އޮފިޝަލާއެކު މަދުވެގެން ފާއިތުވި 8 ގަޑިއިރު ވާހަކަދައްކާފައިވަނީ، އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި، ހަކަތަ އަދި އަސާސީ ވަސީލަތްތަކާ ގުޅޭގޮތުން 30 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ތަފްސީލުތަކާ ބެހޭގޮތުން، އަދި ހަމައެހެންމެ ކަޅު ކަނޑުގެ އިނީޝިއޭޓިވްއާ ބެހޭގޮތުން،” އޭނާ އިތުރުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑޮކްޓަރީ ބޭހުގެ އަގު ރައްޔިތުން އަތްފޯރާފަށަށް ގެނައުމަށް އިންޑޮނޭޝިޔާގެ އަސްކަރިއްޔާއިން ބޭސް އުފައްދަން ފަށަނީ

އިސްރާއީލާ ދެކޮޅަށް ވިޔަފާރިއާއި، ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅު އެޅި ޔޫރަޕްގެ ފުރަތަމަ ގައުމަކަށް ސްލޮވީނިއާ

Bml

ބޭސްފަރުވާއަށް ބޭރަށް ފުރާ ބަލިމީހުންނަށް މީގެފަހުން 2،000 ޑޮލަރު ވިއްކާނެ: ބީއެމްއެލް

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ދެ ކުންފުންޏަކާ ހަވާލުކޮށްފި

TTH_advertisement ELL Mobile Advertisement