ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

މިއަހަރު ޙައްޖަށް ދެވޭނެކަމަށް ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި ހުރިހާ އެންމެންނަށް ދެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ޙައްޖު ދަތުރާ ގުޅޭގޮތުން އުފާވެރި ޚަބަރެއް ހާމަކުރައްވާފައެވެ. އެމަނިކުފާނުގެ ބަސްފުޅުގައި، 2025 ވަނަ އަހަރަށް ޙައްޖު ކޯޕަރޭޝަނުގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މިއީ ގިނަ ޒަމާންތަކަކަށްފަހު، އެއަހަރަކަށް ކަނޑައެޅިފައިވާ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް އެއަހަރެއްގައި ޙައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި ފަރާތްތަކަށް އިސްކަންދިނުމަށްޓަކައި، ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި ނިންމެވުމާ އެއްގޮތަށް، އުސޫލަށް އިސްލާޙު ގެނެސް، މިމަހުގެ 18 ވަނަ ދުވަހު ވަނީ އާންމުކޮށްފައެވެ.

އިސްލާޙު ކުރެވުނު އުސޫލުގެ ދަށުން، ޙައްޖުގެ އަޅުކަން އަލަށް އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ ނިންމާފައެވެ. އަދި ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ 65 އަހަރުން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު ވަކި އިންސައްތައެއް ކަނޑައެޅުމަށް ޙައްޖު ކޯޕަރޭޝަނަށް ލާޒިމުކޮށްފައިވެއެވެ.

މި ބަދަލުތަކާއެކު، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބުމުގައި އިތުރު ހަމަހަމަކަމެއް ގެނެސްދޭނެކަމަށް އުންމީދުކުރެވެއެވެ. އަދި ޙައްޖު ކިއު ކުޑަކުރުމަށް މި ބަދަލުތަކުން އެހީތެރިވެދޭނެކަމަށްވެސް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އެދޭމީހުން
މިއަހަރު ތެރޭގައި ފައިސާ ދެއްކި މީހުންނަށް ވެސް އަންގާފައި އެބަހުރި ފަހުކޯޓާޔަށް ތައްޔާރުވާން އަހަރުމެން ޖެހޭނީ ކިއުގަ ފަހަތަށް ދެމަފިރީން އެކުގައި ފައިސާ ދެއްކި މީހުނަށް މިހާރުކިޔުނަމްބަރު ބުނާގޮތުންނަމަ ދެވޭނީ ދެއަހަރު. އަދި 7. އަހަރުފަހުން

ގުޅުންހުރި

449352 f9826891 4

ދިވެހި އުފެއްދުންތައް އަލީބާބާގައި ވިއްކޭނެ ގޮތް ހަދައިފި

449352 f9826891 4

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ޤަތަރުގެ އަމީރާއި ބޮޑުވަޒީރަށް ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ވިޔަފާރިތަކަށް ކުޑައަގެއްގައި ގުދަން ހަދަން ބިން ލިބޭނެ ގޮތް ފަހިކޮށްދޭނަން: ރައީސް

TTH_advertisement