ކުއްލި ޚަބަރު

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

އިމިގްރޭޝަންގެ ތަޙުޤީޤާ ގުޅިގެން ދެ ފަރާތެއްގެ ޕާސްޕޯޓު ހިފެހެއްޓިއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު — ފޮޓޯ: އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަންގެ އިސް މުވައްޒަފުންތަކެއް މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ކުރިއަށްދާ ތަޙުޤީޤާ ގުޅިގެން ދެ ފަރާތެއްގެ ޕާސްޕޯޓު ހިފެހެއްޓިއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މި މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ ފަރާތެއް ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތްތަކެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ ޢާއިލާ މެންބަރެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދު މަޤާމުން ކުއްލިގޮތަކަށް ވަކިކުރެވުނީ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޤަވާޢިދާ ޚިލާފަށް އޮޕަރޭޝަނެއް ހިންގައި، ބިދޭސީންތަކެއް ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، ނަގުދު ފައިސާއާއެކު އެ ބިދޭސީން ގެންދިއުމަށްފަހު ހިނގި ހާދިސާއާ ގުޅިގެންނެވެ.

ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓް ޑިޕާޓްމަންޓުގައި ނުހިމެނޭ އޮފިސަރުންތަކެއް ކުރި މި ރެއިޑުގެ މައްސަލަ ވެސް ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. އަދި މި މައްސަލައިގައި ތިން އޮފިސަރަކު ހައްޔަރުކޮށް ބަންދުކޮށްފައި ވެއެވެ.

މި ރެއިޑުން ހިފެހެއްޓި ބިދޭސީންގެ ތެރެއިން 530,000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީ މީހާ ދޫކޮށްލެވުނީ ފުލުހުން ބުނާ ގޮތުގައި ޝަމްއާންގެ އެންގުމަށެވެ. އަދި ބިދޭސީން ދިރިއުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލެވުނު ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް އެ ފައިސާ ހިފައިގެން ގޮސްފައިވަނީ ޝަމްއާން ދިރިއުޅޭ ގެއަށެވެ.

ޝަމްއާން ދިރިއުޅޭ ގެއިން ވެސް ގާތްގަނޑަކަށް އެއް މިޝަމްއާން ދިރިއުޅޭ ގެއިން ވެސް ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާއާއި، ޑޮލަރު ފެނުނު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި ފުލުހުން ވަނީ ޝަމްއާންގެ އެޕާޓްމަންޓް ބަލައި ފާސްކޮށް، އިލެކްޓްރޯނިކް ސާމާނުތައް ވެސް އަތުލައިގެން ގެންގޮސްފައެވެ.

މަޤާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަޙީދުގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، އިމިގްރޭޝަންގެ އިސް މުވައްޒަފުންތަކެއް މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ހެކި ލިބެމުންދާކަން ފާހަގަކުރެވެއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ފުރިހަމަ ތަޙުޤީޤެއް ކުރިއަށް ގެންދަމުންނެވެ. އަދި މި މައްސަލައިގައި އިތުރު ހެކި ހޯދުމަށް މަސައްކަތްކުރަމުންދާކަން ވެސް ފާހަގަކުރެވެއެވެ.

މި މައްސަލައިގެ ތަޙުޤީޤު ނިމި، ޝަރީޢަތަށް ހުށަހެޅުމާ ހަމައަށް، ކަމާގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އާންމުންނާ ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުނބުރުދޫގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑާއި މަލްޓި ސްޕޯޓްސް ކޯޓު ހުޅުވައިފި

“ވިލުންތެރި ރާއްޖެ 2045″ އަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތަކުެ %50 ނިންމާލައިފި

ހުރިހާ ވިސާއަކުން އަންނަ މުސްލިމުންނަށް އުމްރާވަން ސައޫދީން ފުރުސަތު ހުޅުވާލައިފި

sdfc

އެސްޑީއެފްސީގެ ލޯނު ޕޯޓްފޯލިއޯ އިސްލާމީ ބޭންކިން އުސޫލުތަކަށް ބަދަލުކުރަނީ

TTH_advertisement