ކުއްލި ޚަބަރު

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ތެލަސީމިއާ ކުދިންގެ ކަންބޮޑުވުންތަކަށް އަވަސް ޙައްލެއް ގެނެސްދެއްވާނެ: ރައީސް

ތެލަސީމިއާ ސެންޓަރުގެ ބައެއް ޚިދުމަތްތަކާ ގުޅިގެން ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް އަވަސް އިޖާބައެއް ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގައި ހުރި މައްސަލަތައް ބައްލަވާލައްވާފައެވެ. މި ޒިޔާޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ޙައްލެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި މިކަމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ.

ތެލަސީމިއާ ކުދިންގެ ލޭ ސާފުކުރުމަށް ބޭނުންކުރާ ފިލްޓަރތަކުގެ މައްސަލައާ ގުޅިގެން ފާޅުކުރެވުނު ކަންބޮޑުވުންތަކަށް އިޖާބަދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ތެލަސީމިއާ ސެންޓަރުގެ ހުރިހާ ޑިޕާޓްމަންޓުތަކެއްގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި އެވަގުތު އެ ސެންޓަރުގައި ޚިދުމަތް ހޯދަމުންދިޔަ ކުދިންނާއި އެކުދިންގެ ޢާއިލާތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ސަމާލުކަން ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިވަގުތުން ފެށިގެން ޙައްލުކުރެވެންހުރި ހުރިހާ ކަމެއް ޙައްލުކުރުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާކުރައްވައި، އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް އިރުޝާދު ދެއްވާފައެވެ.

ތެލަސީމިއާ ސެންޓަރުގައި ދިގު މުއްދަތެއް ވަންދެން ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް މިހާތަނަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވިނަމަވެސް، މިހާރު ހުރިުރި ހުރިހާ މައްސަލަތަކެއް ޙައްލުކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ތެލަސީމިއާ ކުދިންގެ ލޭ ސާފުކުރުމަށް ބޭނުންކުރާ ފިލްޓަރތަކުގެ މައްސަލައާ ގުޅިގެން، މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވިދާޅުވެފައިވަނީ، ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފިލްޓަރތައް އުފައްދާ ބޭރުގެ ކުންފުނި ވިއްކާލުމާ ގުޅިގެން އެ ބާވަތުގެ ފިލްޓަރ އުފެއްދުން ހުއްޓާލާފައިވާ ކަމަށެވެ. އެހެންނަމަވެސް، އެލެކްސް މެޝިންގެ ކިޓް ގެނައުމުގެ މަސައްކަތް އެސްޓީއޯ މެދދުވެރިކޮށް ކުރިއަށްދާ ކަމަށާއި، ކުރިން ބޭނުންކުރަމުންދިޔަ ބާވަތުގެ ފިލްޓަރ މިއަހަރުގެ މެއި މަހުގެ ތެރޭގައި ލިބޭނެކަމަށް އަންގާފައިވާ ކަމަށްވެސް އެ ސަރވިސްއިން ވަނީ ހާމަކުރައްވާފައެވެ.

ތެލަސީމިއާ ކުދިންނަށް ދެވޭ ޚިދުމަތް އިިތުރަށް ހަރުދަނާކުރުމަށްޓަކައި ޕްރީސްޓޯރޭޖް ފިލްޓަރޭޝަން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވަނީ އިތުރަށް ފާހަގަކުރައްވާފައެވެ.

މިވަގުތު ރާއްޖޭގައި 650 އަށްވުރެ ގިނަ ތެލަސީމިއާ ކުދިން ލޭ އަޅަމުންދާއިރު، މި ކުދިންނަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ވޭތުވެދިޔަ އަހަރުތަކުގައި އެކަށީގެންވާ މިންވަރަށް ޤާއިމުވެ ތަރައްޤީވެފައި ނެތްކަން ފާހަގަކުރެވެއެވެ. މިކަމަކީ އެ ކުދިންނާއި އެ ކުދިންގެ ޢާއިލާތަކުގެ ބޮޑު ކަންބޮޑުވުމެކެވެ.

މި ހާލަތު ރަނގަޅުކުރުމަށްޓަކައި، ތެލަސީމިއާ ކުދިންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވައި، އެ ކުދިންނަށް ލުއިފަސޭހަ ދިރިއުޅުމެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާންކުރައްވާފައެވެ. މި ގޮތުން:

1. ކޮންމެ އަހަރަކު 10 ކުއްޖަކަށް ސަރުކާރުގެ ޚަރަދުގައި ބޯން މެރޯ ޓްރާންސްޕްލާންޓްގެ ފުރުޞަތު ދެއްވުމަށް ނިންމަވާފައިވެއެވެ.
2. އެ ކުދިންނަށް ބޭނުންވާ ޓެސްޓުތައް ރާއްޖޭގައި ހެދޭނެ އިންތިޒާމުމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ.
3. ތެލަސީމިއާ ބައްޔަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ.

މި ފިޔަވަޅުތަކަކީ ތެލަސީމިއާ ކުދިންނާއި އެ ކުދިންގެ ޢާއިލާތަކަށް އުއްމީދީ މުސްތަޤުބަލެއް ކަށަވަރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ބެލެވެއެވެ. ސަރުކާރުގެ މި މަސައްކަތްތަކުން ތެލަސީމިއާ ކުދިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެ، އެ ކުދިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް އުއްމީދުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

448631 89f68b0e c

ހަމްބޯލްޓް ޔުނިވާސިޓީ އޮފް ބާލިންގައި ރައީސް މުއިއްޒު ތަގުރީރުކުރަން ހަމަޖެހިއްޖެ

439683 8e74529a d

އެސްއީޒެޑްގައި ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ހިމަނައިފި

Muizzu shaheed ali school

ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރަން: ރައީސް

raees muiz

ކުރިމަގު ގައުމަށް ހޯދައިދެވޭނީ ތައުލީމީ ޒިންމާ އަދާކުރުމުގައި އިހުލާސްތެރިވީ މިންވަރަކުން: ރައީސް

TTH_advertisement