ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށްވެސް އާސަންދަ ދޭން ފަށައިފި

އާސަންދަ ކުންފުނިން އިޢުލާނުކުރި އައު އުސޫލެއްގެ ދަށުން، ޕްރައިވެޓް އިންޝުއަރެންސް ލިބިފައިވާ ފަރާތްތަކަށްވެސް އާސަންދައިގެ ޚިދުމަތް ލިބޭނެ މަގު ފަހިވެއްޖެއެވެ. މި ބަދަލާއެކު، ބުދަ ދުވަހުން ފެށިގެން ޕްރައިވެޓް އިންޝުއަރެންސް ލިބިފައިވާ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަށްޓަކައި ދައްކަންޖެހޭ ކޮންސަލްޓޭޝަން ފީ އާސަންދައިން ކަވަރުކުރާނެއެވެ.

މި އައު އުސޫލުގެ ދަށުން:

1. ފުރަތަމަ ޕްރައިވެޓް އިންޝުއަރެންސްއިން ކޮންސަލްޓޭޝަން ފީ ކަނޑާނެއެވެ.
2. އޭގެފަހުން ބާކީވާ އަދަދު އާސަންދައިގެ ލިމިޓުގެ ތެރެއިން ކަނޑާނެއެވެ.
3. އެނދުމަތި ނުވެ ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކަށް މި އުސޫލުގެ ދަށުން ޢަމަލުކުރަން ފަށާނީ މާރިޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.

އާސަންދަ ކުންފުނިން މަޢުލޫމާތު ދެއްވިގޮތުގައި، މިއީ އާސަންދަ އިޞްލާޙުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ބަދަލެކެވެ. މި ބަދަލު ގެނެވުނީ އާންމުންގެ ތެރެއިން ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

އާސަންދައަކީ ދައުލަތުގެ ޚަރަދު އެންމެ ބޮޑު އެއް ސްކީމު ކަމަށްވެފައި، އަހަރަހަރަކު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ސަބްސިޑީގެ ގޮތުގައި ޚަރަދުކުރެވޭތީ، އިސްރާފު ކުޑަކުރުމަށްޓަކައި ސަރުކާރުން ދަނީ އެކިއެކި ބަދަލުތައް ގެންނަމުންނެވެ. މީގެ ތެރޭގައި ސަބްސިޑީ ނިޒާމު އިޞްލާޙުކޮށް، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސީދާ ސަބްސިޑީ ދެވޭނެ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

finance

އާސަންދަ އާއި ސަބްސިޑީގެ ހަރަދުތަކުން 249 މިލިއަން ރުފިޔާ ސަލާމަތްކޮށްފި

ލަންކާގެ 9 ހޮސްޕިޓަލަކުން މިހާރު އާސަންދައިގެ ޚިދުމަތް ލިބޭނެ

Amaan

މަނިޕާލް ހޮސްޕިޓަލުން އަލުން އާސަންދައިގެ ޚިދުމަތް ފަށައިފި

މިހާރު 18 ތަނަކުން އާސަންދައިން ނަންބަރު އައިނު ހެއްދޭނެ