ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތްދޭގޮތަށް ހަމަޖައްސަވައިފި

ދިފާޢީ ވުޒާރާއިން އާންމުކުރި އުޞޫލެއްގެ ދަށުން، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ހިނގި ޢުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށާއި، އެ ހަނގުރާމައިގައި ދެއްކެވި އާދަޔާ ޚިލާފު ހިތްވަރަށްޓަކައި ޝަރަފުގެ ނިޝާން ލިބިފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ވަނީ ނިންމާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ފުއްދުމުގެ ގޮތުން އަޅުއްވާފައިވާ ފިޔަވަޅެކެވެ.

މި އުޞޫލުގެ ދަށުން، ޝަހީދުވި ސިފައިންގެ މައިންބަފައިން، ދަރިން އަދި ހުވަފަތްވެފައިވާ އަނބިމީހާއަށް މަހަކު 9,000 ރުފިޔާގެ އިނާޔަތެއް ލިބިދެވޭނެއެވެ. މީގެ އިތުރުން، ހަނގުރާމައިގައި ދެއްކެވި ހިތްވަރަށްޓަކައި ޝަރަފުގެ ނިޝާން ލިބިފައިވާ ފަރާތްތަކަށްވެސް އެކި ދަރަޖައިގެ އިނާޔަތްތައް ކަނޑައެޅިފައިވެއެވެ.

ހުރަވީ ރަން މެޑެލި ލިބިފައިވާ ފަރާތްތަކަށް މަހަކު 9,000 ރުފިޔާ، ހުރަވީ ރިހި މެޑެލި ލިބިފައިވާ ފަރާތްތަކަށް މަހަކު 8,000 ރުފިޔާ، އަދި ހިތްވަރުގަދަކަމުގެ ކުލަ ލިބިފައިވާ ފަރާތްތަކަށް މަހަކު 6,000 ރުފިޔާ ލިބިދެވޭނެއެވެ. މި އިނާޔަތްތައް ދެމިގެންދާނީ އެ ފަރާތްތައް ދުނިޔޭގައި ތިބިހާ ހިނދަކުއެވެ.

މި އުޞޫލު ތަންފީޒުކުރެވޭނީ އާންމުކުރެވުނު ދުވަހުން ފެށިގެންނެވެ. މިއީ ޤައުމީ ބަޠަލުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް އަދި ޤައުމީ ލޯތްބާއި ދިވެހި ޤައުމިއްޔަތު އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަމުގެ ނަތީޖާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ބ ބަޗީ
ވަރަށްވެސް މުހިއްމު ނިންމުމެއް.

ގުޅުންހުރި

417829 ba65c4da c

އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް ފިޠުރު ޢީދުގެ ތަހުނިޔާ ފޮނުއްވައިފި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި