ކުއްލި ޚަބަރު

ވޭޕްގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީއަކު 959 ނެނޯސްޓިކާއެކު ހައްޔަރުކޮށްފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ފެނޭތޯ ބަލަން ވޯޓެއް ނަގަން ރައީސް ނިންމަވައިފި

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާ ނެގުމަށް އެދިއްޖެ

އައިއެސްޑީބީން މިފްކޯއަށް 64.65 މިލިޔަން ޑޮލަރުގެ ލޯނެއް

މިފްކޯއިން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަންފީޒުކުރުމަށް ރާވާފައިވާ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) އިން ނިންމާފައިވެއެވެ.

މިފްކޯއިން ހުށަހަޅާފައިވަނީ 64.64 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 996 މިލިއަން ދިވެހި ރުފިޔާ) ގެ ލޯނަކަށެވެ. މި ލޯނު ދިވެހިރާއްޖެއަށް ދޫކުރުމަށް ނިންމައި، އައި.އެސް.ޑީ.ބީ އިން ވަނީ އެކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސްއާއެކު ސޮއިކޮށްފައެވެ.

“މޯލްޑިވްސް ފިޝް ސެކްޓަރ ކެޕޭސިޓީ ސްޓް ސްޓްރެންތަނިންގ ޕްރޮޖެކްޓް” ގެ ދަށުން 7 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ހއ. އިހަވަންދޫ އަދި ސ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ޤާއިމްކުރުމާއި، ހުޅުމާލޭގައި މަސް ބަންދުކުރާ ކާރުޚާނާއެއް ތަރައްޤީކުރުން ހިމެނެއެވެ.

މީގެ އިތުރުން، މިފްކޯގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގުމަށް ބޭނުންވާ އިޞްލާޙީ ބަދަލުތައް ގެނައުމަށްވެސް ވަނީ ނިންމާފައެވެ.

މިފްކޯއިން މިހާރު ވަނީ މި މަޝްރޫޢުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި ބީލަން ހުޅުވާލެވިފައިވަނީ އައި.އެސް.ޑީ.ބީގެ އިންޓަރނޭޝަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުގެ ދަށުންނެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަށްޓަކައި ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މަސްވެރިކަމުގެ ދާއިރާގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މި އަހަރުތެރޭ ކުރިއަށްދާނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިފްކޯއަށް ޕްރޮކިއުމަންޓް ސްޕެޝަލިސްޓެއް ހޯދުމަށް އިއުލާނުކޮށްފި

މިފްކޯގެ ސީއީއޯ މަޤާމުން ވަކިކުރައްވައިފި

Dsc 4150

ބަނޑިދޫގައި އައިސްޕްލާންޓެއް ގާއިމު ކުރުމުގެ މަސައްކަތް ފަށައި އޭޓީއެމް ހިދުމަތް އިފުތިތާހުކޮށް ދެއްވައިފި

1724236960 967623808

ފެނަކަ ކޯޕަރޭޝަންގެ ދަށުގައި މިހާރު ހުރި 14 އައިސްޕްލާންޓް މިފްކޯއާ ހަވާލުކުރަނީ

TTH_advertisement