ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަނޑިދޫގައި އައިސްޕްލާންޓެއް ގާއިމު ކުރުމުގެ މަސައްކަތް ފަށައި އޭޓީއެމް ހިދުމަތް އިފުތިތާހުކޮށް ދެއްވައިފި

Dsc 4150
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދ. ބަނޑިދޫގައި ދެ މުހިންމު މަޝްރޫޢެއް ރަސްމީކޮށް ފައްޓަވައިދެއްވައިދެއްވައިފިއެވެ. މިގޮތުން، ސަރުކާރުން އެ ރަށުގައި ގާއިމުކުރުމަށް ނިންމަވާފައިވާ އައިސްޕްލާންޓުގެ ބިންގާ އެޅުއްވުމާއި، ބޭންކް އޮފް މޯލްޑިވްސްއިން ގާއިމުކޮށްފައިވާ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުންދާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، މިއަދު ބަނޑިދޫއަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.

އައިސްޕްލާންޓުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލިޔުބޮމިވް ބައިވެރިވެވަޑައިގެންނެވިއެވެ. މި އައިސްޕްލާންޓަކީ ދުވާލަކު 30 މެޓްރިކް ޓަނުގެ އައިސް ފްލޭކްސް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ، އަދި 50 މެޓްރިކް ޓަނުގެ އައިސް ރައްކާކުރެވޭނެ ޕްލާންޓެކެވެ. މި މަޝްރޫޢުގެ މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.

HajjCop_ads
Advertisement

Dsc 4111
ބަނޑިދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވަނީ: ފޮޓޯ – ރައީސް އޮފީސް

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނޑިދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތް ވެސް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަދި އެ ކުންފުނީގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް

bml

ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް ސިޓީއެއް ނުފޮނުވާ: ބީއެމްއެލް

ހަންކެޑެ ތަރައްގީކުރާ ކުންފުނީގެ އެމްޑީއަކަށް ބީއެމްއެލްގެ ޒަމްރާ

ޓީޓީ ވެރިފިކޭޝަން އެމްއޯޔޫއެއްގައި ކަސްޓަމްސްއާއި ބޭންކުތަކުން ސޮއިކޮށްފި