ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދައުވާކުރަން ނިންމީ މަންމައެއްގެ ހައިސިއްޔަތުން ދަރިންގެ ރައްކާތެރިކަމަށްޓަކައި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެފައިވަނީ، މަންމައެއްގެ ހައިސިއްޔަތުން ދަރިންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވާ ފިޔަވަޅެއްގެ ގޮތުން، ދަރިންގެ ޙައްޤުތަކަށް އަރައިގަތް ފަރާތްތަކާ ދެކޮޅަށް މަދަނީ ދަޢުވާތަކެއް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

މި ނިންމެވުން ނިންމަވާފައިވަނީ، އިދިކޮޅު އެމްޑީޕީގެ ވެރިންނާއި އެ ޕާޓީގެ އިސް އެކްޓިވިސްޓުންތަކެއް ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާއަށް ނަފްރަތު އުފެދޭ ގޮތަށް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާގެ ފަރާތުން ވާހަކަދެއްކެވި ޤާނޫނީ ވަކީލު އާޒިމާ ޝަކޫރު ވިދާޅުވެފައިވަނީ، ޤާނޫނުއަސާސީގެ ދަށުން ކުޑަކުދިންނަށް ލިބިގެންވާ ޙައްޤުތަކުގެ ތެރޭގައި ނަމާއި އަބުރު ރައްކާތެރިކުރުމުގެ އިތުރުން، ހަށިގަނޑާއި ނަފްސު ރައްކާތެރިކުރުންވެސް ހިމެނޭ ކަމަށެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގެ ދަށުންވެސް މި ޙައްޤުތައް ރައްކާތެރިކުރެވިފައިވާ ކަމަށާއި، މި ކަި ކަންކަމާ ޚިލާފުވާ ފަރާތްތަކަށް ޤާނޫނީގޮތުން ފިޔަވަޅު އެޅޭނެ ކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްރާތްޕުޅުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، މަންމައެއްގެ ހައިސިއްޔަތުން ދަރިންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އެއީ ދަރިންގެ ރައްކާތެރިކަމާއި މުސްތަޤުބަލު ރައްކާތެރިކުރުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށް ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

I Ibrahim
hama fiyavalhu alhanvee. thaaeedhu
S Shaam
Thi work nukuraane .thi work kohfi nama rajjeyga thi nun kameh noannaane

ގުޅުންހުރި

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު

78

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

މާފަންނު އުތުރު ދާއިރާގެ ޖަގަހަ ފަސްޓްލޭޑީ ހުޅުވައިދެއްވައިފި