ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ކުނީގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢު 109 ރަށެއްގައި މަރުކަޒު ޤާއިމުކުރުމަށް ޙަވާލުކޮށްފި

ދިވެހިރާއްޖޭގެ ރަށްތަކުގައި ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢުގެ ދަށުން މިހާތަނަށް 109 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު އަލްފާޟިލް ޠާރިޤު އިބްރާހީމް ވިދާޅުވެއްްޖެއެވެ.

ވަޒީރު މިފަދައިން ވިިން ވިދާޅުވީ، 75 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ކުނީގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ގޮތަށް ކުނިކޮށި ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމާއި ތިމާ ތިމާވެށްޓާބެހޭ ވުޒާރާއިން ވަނީ މިހާރު ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް މި މަސައްކަތް ކުރުމުގެ މަޝްރޫޢެއް ފައްޓަވާފައެވެ. މިގޮތުން 75 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ތަރައްޤީކުރުމަށާއި، މިހާރު ހުރި ބައެއް މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވަނީ ތިން ކުންފުންޏަކާ ޙަވާލުކުރައްވާފައެވެ. އެއީ އެމްޓީސީސީއަށް 26 ރަށް، ފެނަކައަށް 25 ރަށް އަދި އާރްޑީސީއަށް 24 ރަށުގެ ކުނިކޮށީގެ މަސައްކަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ކުނީގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. މިގޮތުން މިވަގުތުވެސް 100 އަށްވުރެ ގިނަ ރަށުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް އަލަށް ޤާއިމުކުރުމާއި، ބައެއް ރަށްރަށުގައި ހުރި މަރުކަޒުތައް އިތުރަށް އަޕްގްރޭޑްކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢަކީ މިފަދަ އެންމެ ބޮޑު މަޝްރޫޢުކަމަށް ވަޒީރު ވިދާޅުވިއެވެ.

“މިއީ ޙަޤީޤަތުގައި ތިމާވެށީގެ އިތުރުން ލޯކަލް ޓޫރިޒަމަށްވެސް ވަރަށް މުހިންމު މަސައްކަތެއް. ރަށްރަށުގައި ލޯކަލް ޓޫރިޒަމް ތަރައްޤީވެގެންދާއިރު ރަށްރަށުގެ ސާފުތާހިރުކަން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ.” ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދެއްކެވި ސަރުކާރު ހިއްސާވާ ތިން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުން ވަނީ މި75 ރަށުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިންމާލުމަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި މަހުގެ ތެރޭގައި ސައިޓު މޮބިލައިޒް ކުރުމުގެ މަސައްކަތް ފަށައި، ރަމަޟާން މަހަށްފަހު ޢަމަލީ މަސައްކަތް ފަށްޓަވާނެކަން އެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ، “ރައީސްގެ ދަތުރުފުޅުތަކުގައި އެންމެ ގިނައިން ރަށްރަށުން އަންނަ އެއް ކަންބޮޑުވުމަކީ ކުނިކޮށީގެ މައްސަލަ. އެހެންކަމުން މި މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ ސިވިލް މަސައްކަތެއް ނިންމުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތްކުރާނަން.”

އާރްޑީސީގެ އެމްޑީ ވިދާޅުވީ، “އާރްޑީސީން މި މަސައްކަތްތައް މި ކުރަނީ މަގު ހެދުމުގެ މަޝްރޫޢުތައްވެސް ހިންގަމުން. އެހެންނަމަވެސް ރައީސްގެ އިސްނެންގެވުމަށް ކުރިއަށް މި ގެންދާ މަޝްރޫޢުގެ ދަށުން އާރްޑީސީން މަސައްކަތްކުރާނީ ވީއެންމެ އަވަހަކަށް މަސައްކަތް ނިންމުމަށް.

ފެނަކައިގެ އެމްޑީ ވިދާޅުވީ، “އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ މަސައްކަތުގެ ސްޕީޑު އަވަސްކުރުން. އާދީއްތަ ދުވަހު އަޅުގަނޑުމެން ސައިޓު މޮބިލައިޒްކުރުމުގެ މަސައްކަތް ފަށާނަން. އަމާޒަކީ ރޯދަ ނިމިގެން ޢަމަލީ މަސައްކަތް ފެށޭވަރުކުރުން.”

މި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި ތިމާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހީމްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި އެމްޑީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރެވެ.

މި މަޝްރޫޢާއެކު މިހާރު ވަނީ 109 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ތަރައްޤީކުރުމަށާއި އަޕްގްރޭޑްކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި 17 ރަށެއްގެ މަސައްކަތް ނިމިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން ބާކީ ހުރި ރަށްރަށުގެ މަސައްކަތް މިހާރު އެކި މަރުޙަލާތަކުގައި ދަނީ ކުރިއަށެވެ. މި މަޝްރޫޢުގެ ދަށުން ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްނުދެވޭ ރަށްރަށަށް މި އަހަރުގެ ތެރޭގައި އެރޭގައި އެ ވަސީލަތްތައްވެސް ފޯރުކޮށްދެވޭނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ރަށްތަކުގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށްރަށުގެ ސާފުތާހިރުކަން އިތުރުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްވެސް މަގުފަހިވެގެންދާނެކަން ފާހަގަކުރެވެއެވެ.ސަރުކާރުން މި މަޝްރޫޢު ކުރިއަށްގެންދިއުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތަޖުރިބާއާއި ޤާބިލުކަން ބޭނުންކުރުމަކީ ވަރަށް ބުއްދިވެރި ނިންމުމެކެވެ. މި ކުންފުނިތަކުގެ ފަންނީ ހުނަރާއި ވަސީލަތްތައް ބޭނުންކޮށްގެން މަޝްރޫޢު އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް މަގުފަހިވެގެންދާނެއެވެ.

ޖުމްލަ ގޮތެއްގައި މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އަދި ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ވަރަށް މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ކާމިޔާބީއަކީ މުޅި ޤައުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

MTCC Advertisement TTH Advertisement