ކުއްލި ޚަބަރު

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން އެމްޓީީސީސީއާ ހަވާލުކޮށްފި

ގެމަނަފުށީ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް އާރުޑީސީއާ ހަވާލުކޮށްފި

ދަރިކަލުންނަކީ ދުވަހަކުވެސް ވޭޕް އަދި ދުންފަތުގެ އިސްތިއުމާލު ކުރި ކުއްޖެއް ނޫން: މެޑަމް ސާޖިދާ

394275 e6baba15 0
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު — ފޮޓޯ: ރައީސް އޮފީސް

ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަކީ ދުވަހަކު ވެސް ވޭޕް އަދި ދުންފަތުގެ އިސްތިއުމާލު ކުރި ކުއްޖެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ ނެރުއްވި ބަޔާނެއްގައި އެހެން ވިދާޅުވެފައި މިވަނީ، އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)، ރައީސް މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު ވޭޕް ބޭނުންކުރަމުންދިޔަ ކަމަށް ތުހުމަތުކުރުމާ ގުޅިގެންނެވެ.

ސާޖިދާގެ ބަޔާނުގައި ވިދާޅުވީ އުމައިރަށް ނިސްބަތްކޮށް، މީޑިއާ އާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް މި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރާ ކަމަށެވެ.

“އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމުގައި ތިޔަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާއެކު ދަންނަވަން،” މެޑަމް ސާޖިދާގެ ބަޔާނުގައި ވިދާޅުވިއެވެ.

އުމައިރަކީ 16 އަހަރުގެ ކުޑަކުއްޖެއްކަން ފާހަގަކުރައްވައި މެޑަމް ސާޖިދާ ވިދާޅުވީ ކޮންމެ ކުޑަކުއްޖަކީ ގާނޫނުއަސާސީންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނީ އޮނިގަނޑުތަކުގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ކުއްޖެއް ކަމަށެވެ. އަދި އުމައިރުގެ އިތުރުން ދޮށީ ދަރިކަނބަލުންނާއި ހަގު ދަރިކަލުންނަށް ވެސް ގަނާ އާއި ފުރައްސާރަކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މައިދާނުގައި އާއިލާތަކުގެ ނަމާއި އަބުރު ނަގާލައި، ކަމާ ނުބެހޭ މައުސޫމް ޅަދަރިންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުގެ އަމަލުތަކެއް ހިންގަމުންދާ ކަމަށް މެޑަމް ވިދާޅުވިއެވެ.

މުޒާހަރާގައި ދެއްކި އެ ވާހަކަތަކާ ގުޅިގެން މަންދީ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް، ރައީސް މުއިއްޒުގެ އާއިލާގެ ފަރާތްޕުޅުން ދައުވާކުރަން ވަނީ ނިންމަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

401926 3 eb6c223324d413f525732a1115588769d0cb6448 large

ވޭޕާ ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 127،000 ރުފިޔާގެ ޖޫރިމަނާ

mtcc

“ޔަންމާ ސްޕެއާ ޕްރޮމޯ” ފަށައިފި

ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ

ELL Mobile Advertisement TTH_advertisement