އެސްޓީއޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މާރިޗު މަހު ރާއްޖެއަށް ގެނެވުނު ބޭސްތައް މިހާރު ވަނީ ރަށްރަށަށް ފޮނުވަން ފަށާފައެވެ. މިކަމުގެ ސަބަބުން މިހާރު ދިމާވެފައިވާ ބޭހުގެ ދަތިކަމަށް ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދުކުރެއެވެ.
އެސްޓީއޯގެ މައިގަނޑު އަޑު އަމާޒަކީ މުސްތަޤުބަލުގައި މިފަދަ ދަތިކަމެއް ތަކުރާރުނުވާނެހެން، ރާއްޖޭގެ ހުރިހާ ސަރަޙައްދަކުންވެސް އަސާސީ ބޭސް މެދުނުކެނޑި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާގެ ކަމާގުޅުންހުރި މުއައްސަސާތަކާއި ޑޮކްޓަރުންގެ އިރުޝާދާއި ލަފާގެ މަތިން، އަސާސީ ބޭސްތަކުގެ އިތުރުން ރާއްޖެއަށް އެންމެ މުހިންމު އަދި ބޭނުންތެރި ބޭސްތައް ދެނެގަތުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިޢުލާނާ އެއްގޮތަށް، އެމްއެފްޑީއޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ކޮންމެ ޖެނެރިކް ބޭހެއް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު