ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމިއްލަ ނަފުސުގެ ދިފާއުގައި ކަމެއް ނުކުރެވޭ ކުޑަ ކުދީންނަށް ގެއްލުންދޭ މީހުންނާ ދެކޮޅަށް އެންމެންވެސް ނިކުންނަންޖެހޭ: މާރިޔާ

88ެ
STO_Ads
TTH_Ads

އަމިއްލަ ނަފުސުގެ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވޭ ބަލިކަށި ކުޑަ ކުދީންނަށް ގެއްލުންދޭ މީހުންނާ ދެކޮޅަށް އެންމެންވެސް ނިކުންނަންޖެހޭ ކަމަށް ދަނޑުވެރިކަމާއި ޖަނަވާރުތަކާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މާރިޔާ ވިދާޅުވީ ޅަ ދަރިންނަކީ، ލޯތްބާއި އޯގާތެރިކަމާ އެކު ބެލެހެއްޓުމަށް ޓަކައި، މާތް ﷲ ހަވާލުކުރައްވާފައިވާ މާތް އަމާނާތެއް ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ މީސްމީޑިއާގައި ކުޑަކުދިންނަށް އަމާޒުކޮށް ވެސް އުނދަގޫކޮށް ފުރައްސާރަކުރާ ހިތާމަވެރި މަންޒަރު ކަމަށް އެކަމަނާ ވިދާޅުވިއެވެ.

“މިއީ ކަރުނައަޅައި ރޯންޖެހޭ ވަރުގެ ހިތި ހަގީގަތެއް. މި އަނިޔާވެރިކަން މިހާރުން މިހާރަށް ހުއްޓަންޖެހޭ،” ވަޒީރު ވިދާޅުވިއެވެ.

HajjCop_ads

މަޞޫމު ކުދިން ރައްކާތެރިކުރުމުގެ ޒިންމާ ހަނދާންނައްތާލާފައިވާ ބޮޑެތި މީހުން، ތިމާމެންގެ އެ ނޭއްގާނި އަމަލާ މެދު ލަދުގަންނާންޖެހޭނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އިސްލާމްދީން އުގަންނައިދެނީ ހެޔޮކަމާއި އޯގާތެރިކަމަކީ އެންމެ މަތިވެރި ސިފަތައްކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ދީނުގައި މަލާމާތާއި އުނދަގޫކުރުމަކަށް ޖާގައެއް ނެތް ކަމަށެވެ. އަދި ނަބިއްޔާ ﷺ އަމިއްލަފުޅަށް ވެސް ކުޑަކުދިންނަށް ޚާއްޞަ އޯގާތެރިކަމެއް ބެހެއްޓެވި ކަމަށާއި އެ ކުދިންނަށް ލިބޭ ކޮންމެ ގެއްލުމަކުން ސަލާމަތްކުރުމަކީ އެންމެންގެ ވާޖިބެއްކަން، ޢަމަލާއި ބަހުން ނަމޫނާ ދައްކަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ހުރިހާ ކުދިން މި އަނދިރިކަމުން ސަލާމަތްކުރުމަށް އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި އަމިއްލަ ނަފުސުގެ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވޭ ބަލިކަށި ކުޑަ ކުދީންނަށް ގެއްލުންދޭ މީހުންނާ ދެކޮޅަށް ކޮންމެ މައެއް، ކޮންމެ ބަފައެއް، ކޮންމެ ބޮޑު މީހެއް، އަދި ކޮންމެ ރައްޔިތަކު ވެސް، ސާބިތުކަމާ އެކު ތެދުވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ބުޅަލަށް އިހާނެތިކޮށް ހަދާ މީހުން ޖޫރިމަނާކޮށް ޖަލަށްލާނަން: މިނިސްޓްރީ

767

ރުއް އާލާކުރުމުގެ މައި މަރުކަޒެއް އަރިޔަދޫގައި ގާއިމްކުރަން ސަރުކާރުން ނިންމައިފި

Oo

ބ. ގޮއިދޫގައި ކެންސަރު ފެތުރިފައިވާ ސަބަބު ދެނެގަތުމަށް އެމްއެފްޑީއޭ އިން ދިރާސާއެއް ފަށައިފި

W7e

ކެލާގެ ދަނޑުވެރިންނާ ވަޒީރު މާރިޔާ ބައްދަލުކުރައްވައިފި