ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބްރޫނޯ ގެ ހެޓްރިކާއެކު ޔުނައިޓެޑް ކުއާޓާއަށް

ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ރެއާލް ސޮސިއެޑާޑަށް 4-1 ގެ ނަތީޖާއަކުން ބޮޑު ބަލިއެއް ދީ، މުބާރާތުގެ ކުއާޓަރ ފައިނަލަށް ގޮނޑި ކަށަވަރުކޮށްފައެވެ. ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން ނިމުނު ނަމަވެސް، ރޭ ކުޅުނު ދެވަނަ ލެގުގައި ޔުނައިޓެޑުން ދެއްކީ ފާހަގަކޮށްލެވޭ ފަދަ ހަރުދަނާ ކުޅުމެކެވެ.

އޯލްޑް ޓްރެފަޑްގައި 73,000 އަށްވުރެ ގިނަ ކުޅިވަރު ލޯބިވެރިންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓުގައި ރެއާލް ސޮސިއެޑާޑަށް ލިބުނު ޕެނަލްޓީއަކުން މިކޭލް އޮޔާޒަބާލް ވަނީ އެ ޓީމަށް ކުރިއެރުމެއް ހޯދައިދީފައެވެ. ނަމަވެސް، އޭގެ 6 މިނިޓު ފަހުން ރަސްމުސް ހޮއިލެންޑަށް އޭރިޔާ ތެރެއިން ފައުލްކުރުމާ ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 5 ވަނަ މިނިޓުގައި ޕެޓްރިކް ޑޯގޫ އަށް ފައުލްކުރުމާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭޒް ވަނީ ޔުނައިޓެޑަށް ކުރިއެރުމެއް ހޯދައިދީފައެވެ. މި މެޗުގައި ރެއާލް ސޮސިއެޑާޑަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 63 ވަނަ މިނިޓުގައި ޖޯން އަރަމްބުރޫ އަށް ރެފްރީ ރަތް ކާޑު ދައްކާ އޭނާ ދަނޑުން ފޮނުވާލުމާ ގުޅިގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 3 މިނިޓަށް ވެފައިވަނިކޮށް ބްރޫނޯ ފެނާންޑޭޒް ވަނީ މި މެޗުގައި ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 15 ވަނަ ލަނޑެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ޑިއޮގޯ ޑަލޮޓް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށް، ޔުނައިޓެޑަށް ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް

ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

ވިމެންސް ކާވާ ކަޕްގެ ފައިނަލަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމު ދަތުރުކޮށްފި