ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗެލްސީ ކުއާޓާ ފައިނަލަށް

ޔުއެފާ ކޮންފަރެންސް ލީގުގެ ދެވަނަ ބުރުގައި ޗެލްސީން ވަނީ ކޯޕަންހޭގަން އާ ދެކޮޅަށް 3-1 ގެ އެގްރިގޭޓް ނަތީޖާއެއް ހޯދައި، މުބާރާތުގެ ކުއާޓަރ ފައިނަލަށް ގޮނޑި ހޯދާފައެވެ. ފުރަތަމަ ލެގުގައި ބޭރު ދަނޑުގައި 2-1 އިން މޮޅުވި ޗެލްސީން، ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި 1-0 އިން މޮޅުވެގެން ދިޔައެވެ.

ފާއިތުވި ދުވަސްތަކުގައި އެކަށީގެންވާ ފެންވަރެއް ނުދައްކާ، ފާޑުކިޔުންތަކާ ކުރިމަތިލާންޖެހިފައިވާ ކޯލް ޕާމާއަށް ކޯޗު އެންޒޯ މަރެސްކާ ވަނީ ފުރަތަމަ އެކާރަވަރުގައި ޖާގަ ނުދީއެވެ. އެހެންނަމަވެސް، ދެވަނަ ހާފުގައި އޭނާއަށް ފުރުސަތު ދެވުނު އިރު، ފާހަގަކޮށްލެވޭ ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. އަނިޔާގެ ސަބަބުން ނިކޮލަސް ޖެކްސަން ނެތް ހިނދު، އޭނާގެ ބަދަލުގައި މަރެސްކާ ވަނީ ޕެޑްރޯ ނެޓޯ ބޭނުންކޮށްފައެވެ.

ކޯޕަންހޭގަންގެ ފަރާތުން ފާހަގަކޮށްލެވޭ ކުޅުމެއް ދައްކައި، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ލިބުނު ފުރުސަތުތަކުގެ އެދެވޭ ބޭނުމެއް ހިފިފައެއް ނުވެއެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖެހުނީ ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ޗެލްސީގެ ކިއާނަން ޑިއުސްބަރީ-ހޯލްގެ ފައިން ނެވެ. މެޗަށްފަހު ޑިއުސްބަރީ-ހޯލް ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ޗެލްސީއަށް ކޮންފަރެންސް ލީގު ކާމިޔާބުކުރުމުގެ ޤާބިލުކަން ލިބިފައިވާ ކަމަށް ފާހަގަކޮށްފައެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލުގައި ޗެލްސީ ވާދަކުރާނީ ޕޮލެންޑްގެ ލެގިއާ ވާސޯ އާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް

ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

ވިމެންސް ކާވާ ކަޕްގެ ފައިނަލަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމު ދަތުރުކޮށްފި