ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ސްޓެލްކޯއިން މި އަހަރު ހައްޖާއި އުމްރާއަށް ފޮނުވާނެ މުވައްޒަފުން ހޮވައިފި

Hu99

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މި އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފޮނުވާނެ މުވައްޒަފުން ހޮވައިފިއެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދެ ފިރިހެން މުވައްޒަފަކާއި އަންހެން މުވައްޒަފަކު ހޮވާފައިވާއިރު، އުމްރާގެ އަޅުކަން އަދާކުރުމަށް ވެސް ދެ ފިރިހެން މުވައްޒަފަކާއި އަންހެން މުވައްަޒަފަކު ހޮވާފައި ވެއެވެ.

ސްޓެލްކޯއިން ބުނީ، މި ފުރުސަތަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން މުވައްޒަފުން ހޮވާފައިވާ ކަމަށާއި މިއީ ކުންފުނީގެ މުވައްޒަފުންނަށް ކޮންމެ އަހަރަކުވެސް ދެމުންގެންދާ ހާއްސަ ފުރުސަތެއް ކަމަށެވެ.

“މިކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލި ހައްޖާއި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މުވައްޒަފުންގެ މެދުގައި ގުރުއަތުލުން ވަނީ ކުރިއަށް ގެންގޮސްފައި. މިގޮތުން، މި އަހަރުވެސް ހައްޖުގެ އަޅުކަމަށް ދެ ފިރިހެން މުވައްޒަފުންނާއި އެއް އަންހެން މުވައްޒަފަކު، އަދި އުމްރާގެ އަޅުކަމަށް ދެ ފިރިހެން މުވައްޒަފުންނާއި އެއް އަންހެން މުވައްޒަފަކު ވަނީ ހޮވާފައި. ގުރުއަތުން ހޮވުނު މުވައްޒަފުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން.” ސްޓެލްކޯއިން ބުންޏެވެ.

ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެނީ ސްޓެލްކޯއަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ.

އެ ކުންފުނިން ބުނީ، މި ފުރުސަތު ދިނުމަކީ މުވައްޒަފުންގެ މެދުގައި ވަޒީފާގެ ހިތްހަމަޖެހުން އިތުރުކޮށް، ދީނީ އަޅުކަންތައް އަދާކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރާ މަސައްކަތެއް ކަމަށެވެ. މި އަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ހޮވުނު މުވައްޒަފުންނަށް ކުރިއަށް އޮތް ހަފްތާތަކުގައި ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް ސްޓެލްކޯއިން ވަނީ ރާވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

MTCC Advertisement TTH Advertisement