ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގެ ހިންގުން ފަލާހުއާ ހަވާލެއް ނުކުރޭ: މުއާޒު ހަލީމް

W8w

ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ޕާޓީގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ޕާޓީ ހިންގުން ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރަށް ހަވާލުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ދޮގުކިރައްވައިފިއެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މުއާޒް ހަލީމް ވިދާޅުވީ އެ ޕާޓީގެ ޗެއާޕާސަން އަކީ އަދިވެސް އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކޮށްފައިނުވާއިރު، މަގާމުގެ މަސްއޫލިއްޔަތުތަކުން ވެސް ދުރުކޮށްފައިނުވާ ކަމަށް މުއާޒް ވިދާޅުވިއެވެ.

“އެއީ ކަނޑައެޅިގެން ބުހުތާނު ދޮގެއް. ޗެއާޕާސަންއަކީ މިވަގުތު ވެސް އަބްދުއްރަހީމް،” މުއާޒު ވިދާޅުވިއެވެ.

އަބްދުއްރަހީމް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ޕީއެންސީގެ ހިންގުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުއާ ހަވާލުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވާހަކަދެކެވިފައިވެއެވެ.

ފަލާހުއަކީ އެ ޕާޓީގެ ޕީޖީ ލީޑަރެވެ. މުއާޒު ވިދާޅުވީ އެފަދަ ބަދަލެއް ގެންނަނަމަ ސެކްރެޓަރީ ޖެނެރަލްއަށް ނޭނގި އެފަދަ ކަމެއް ނުހިނގާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mp falah

މިއިންތިހާބަކީ ރައީސަށް ޝުކުރުއަދާކުރުމަށް އޮތް ރަނުގެ ފުރުސަތެއް: ފަލާހު

DSC

އައްޑުއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ފަރާތްތަކެއް ޕީއެންސީއާ ގުޅިއްޖެ

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

PNC

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރުގައި ބާއްވަނީ